ގައްޒާގެ ދީރުލް ބަލާހްގައި، އެ ސަރަހައްދުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް ޖަމާއީ ކައިވެނީގެ ހަފުލާގައި 300 ޖޯޑަކުން ބައިވެރިވެ، އުފާވެރިކަން ފާޅުކޮށްފިއެވެ.
މި ހަފުލާއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ގަލަންޓް ނައިޓް 3" ގެ ދަށުން، ހަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަނުން ފަންޑުކޮށްގެން ބޭއްވި އިވެންޓެކެވެ.
މި ކައިވެނީގެ ހަފުލާއަށް 300 ޖޯޑު ހޮވާފައިވަނީ ކުރިމަތިލީ 2،000 އެއްހާ މީހުންގެ ތެރެއިން ގުރުއަތަކުންނެވެ.
މި ހަފުލާގައި ބައިވެރިވި އެއް ފަރާތް ކަމަށްވާ ޒިކްރާ އަލް މަސްރީ ބީބީސީއަށް ބުނެފައިވާ ގޮތުގައި، މި އުފާވެރި ހަރަކާތަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ގައްޒާގެ ރައްޔިތުންނަށް ލިބުނު އުންމީދެއް ކަމަށާއި، މިއީ ބަދަލަކަށް ކުރާ އުންމީދު އާވި ކަމެއް ކަމަށެވެ.
ގައްޒާގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެ ސަރަހައްދުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
ގައްޒާގެ ހަނގުރާމަ ފެށުނީ 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި 1،200 މީހުން މަރުވެ، 251 މީހުން ރަހީނުކުރިއެވެ.
އޭގެ ބަދަލުގައި އިސްރާއީލުން ފެށި އަސްކަރީ ހަރަކާތްތަކުގައި މިހާތަނަށް 72،560 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށް ގައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، މިދިޔަ އޭޕްރީލް 23 ގައި އިސްރާއީލުން ދިން ދެ ހަމަލާއެއްގައި އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލް ސިފައިން ބުނާ ގޮތުގައި އެ ހަމަލާތަކަކީ އެމީހުންގެ ސަފުތަކާ ގާތްވި "ޓެރަރިސްޓަކަށް" އަމާޒުކޮށް ދިން ހަމަލާތަކެކެވެ. ނަމަވެސް ހަމާސްގެ ތަރުޖަމާނަކު ވަނީ އެއީ "ބިރުވެރި ގަތުލުއާންމެއް" ކަމަށް ސިފަކޮށް، އިސްރާއީލުން މަސައްކަތް ކުރަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުންތަކަށް ހުރަސްއަޅަން ކަމަށް ތުހުމަތުކޮށްފައެވެ.
އުނދަގޫ ހާލަތްތަކެއްގެ ތެރޭގައި ވެސް މިފަދަ ކައިވެނީގެ ހަފުލާއެއް ބޭއްވުމަކީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު