އިންޑިއާގެ ވެރިރަށް ދިއްލީގެ ވިވެކް ވިހާރު ސަރަހައްދުގައި ހުރި ހަތަރު ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 9 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
ޝަހްދަރާ ޑިސްޓްރިކްޓްގެ ވިވެކް ވިހާރު ފޭސް-1 ގައި ހުރި މި އިމާރާތުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ފަޔަރ ޑިޕާޓްމަންޓަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 3:47 އެހާކަންހާއިރުއެވެ. މި ހާދިސާގައި އަލިފާން ފެތުރިފައިވަނީ އިމާރާތުގެ ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްތަކުގައެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުންނާއި، ފަޔަރ ސަރވިސް އަދި ޑިޒާސްޓަރ މެނޭޖްމަންޓް ޓީމުތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. މި އޮޕަރޭޝަނުގައި އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް މީހުން ސަލާމަތްކުރެވުނުއިރު، އޭގެ ތެރެއިން ކުދި އަނިޔާ ލިބުނު ދެ މީހަކަށް ގުރޫ ތެގް ބަހާދުރް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ޝަހްދަރާގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) އާރް.ޕީ މީނާ ވިދާޅުވީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އިމާރާތުގެ ތެރޭގައި ވަރަށް ބޮޑަށް ދުން އުފެދިފައިވާތީ އެންމެ މަތީ ފަންގިފިލާ ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވޭނީ ތަފްސީލީ ތަހުގީގަކަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ސަރަހައްދުގެ ބައެއް ރައްޔިތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަލިފާން ރޯވީ އޭސީއެއް ގޮވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ހާދިސާގައި އަލިފާން ނިއްވުމަށް ޖުމްލަ 12 ފަޔަރ ޓެންޑަރު ބޭނުންކޮށްފައިވާއިރު، މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު