ކެނެޑާގެ ވެންކޫވަރގައި ބޭއްވި ފީފާ ކޮންގްރެސްގެ ތެރެއިން، ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް، އިޒްރޭލުގެ ފުޓްބޯޅަ އިދާރާގެ ނައިބު ރައީސް ބާސިމް ޝައިޚް ސުލައިމާނާ ސަލާމްކުރަން އިންކާރު ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި މި ކޮންގްރެސްގައި މިކަން ހިނގާފައިވަނީ ދެ ގައުމުގެ ދެމެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ކޮންގްރެސްގައި ދެ ބޭފުޅުން ވާހަކަ ދައްކަވައި ނިންމެވުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދެ ބޭފުޅުން ސްޓޭޖަށް އެރުއްވުމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ސްޓޭޖްމަތީގައި ދެ ބޭފުޅުން ތިއްބެވީ އެކަކު އަނެކަކާ ވަރަށް ދުރުގައެވެ. އަދި ރަޖޫބް ވަނީ މައިކްތަކާ ދުރަށް ޖެހިވަޑައިގެން، ބާރަށް އަޑުގަދަކޮށް އިޒްރޭލާ ދެކޮޅަށް އިހުތިޖާޖު ކުރެއްވުމަށްފަހު ސްޓޭޖުން ފައިބައިވަޑައިގެންފައެވެ.
ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރަޖޫބް ވަނީ، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ މީހުން އުފައްދާފައިވާ ކްލަބުތަކަށް އިޒްރޭލުގެ ލީގުގައި ކުޅުމުގެ ފުރުސަތު ދީގެން، ތަފާތުކުރުންތަކާ ދެކޮޅު ފީފާގެ ގަވާއިދުތަކާ އިޒްރޭލުން ޚިލާފުވަމުންދާ މައްސަލަ ބަލައިދިނުމަށް ފީފާއަށް ގޮވާލައްވާފައެވެ. މި މައްސަލާގައި އިޒްރޭލު ސަސްޕެންޑް ނުކުރުމަށް މިދިޔަ މާރިޗު މަހު ފީފާއިން ނިންމި ނިންމުމާ ގުޅިގެން، ފަލަސްތީނުން މިހާރު ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީ.އޭ.އެސް) އަށް ހުށަހަޅާފައެވެ. ފީފާއިން މީގެ ކުރިން ބުނެފައިވަނީ ހުޅަނގު އައްސޭރީގެ ގާނޫނީ ހާލަތަކީ ވަރަށް އޮޅުންބޮޅުން އޮތް ހާލަތެއް ކަމަށެވެ.
މީގެ އިތުރުން، އިޒްރޭލުގެ ކްލަބަކާ ގުޅުންހުރި އެހެން މައްސަލައެއްގައި، ނަސްލީ ތަފާތުކުރުމާއި އިހާނެތިކޮށް ހިތުމުގެ އިތުރުން އަދަބާ ޚިލާފު އަމަލުތަކުގެ ސަބަބުން ފީފާއިން ވަނީ އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން 190,000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.
ސްޓޭޖްމަތީގައި ހިނގި ހާދިސާއަށްފަހު، ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ދެ ގައުމުގެ އޮފިޝަލުންނަށް އިލްތިމާސެއް ކުރައްވާފައެވެ. އޭނާ އެދިވަޑައިގަތީ ރައީސް ރަޖޫބާއި ނައިބު ރައީސް ސުލައިމާން ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ. އަދި މުސްތަގުބަލުގެ ޖީލުތަކަށާއި ކުޑަކުދިންނަށް އުންމީދެއް ދިނުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ކޮންގްރެސް ނިމުމަށްފަހު ވަރަށް އަސަރާއެކު ވާހަކަދައްކަވަމުން ރަޖޫބް ވަނީ އިޒްރޭލަކީ ފީފާގެ މެންބަރަކަށް ވުމުގެ ހައްގު އޮތް ގައުމެއްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުން އަދިވެސް ފީފާގެ ގާނޫނީ އުސޫލުތަކަށް އިހުތިރާމްކޮށް އެ މަގުން ހިނގަމުންދިޔަ ނަމަވެސް، އިޒްރޭލުން ފީފާގެ ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާތީ އެ ގައުމަށް ފިޔަވަޅު އަޅަންޖެހޭ ވަގުތު މިހާރު ވަނީ ޖެހިފައެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ފުޓްބޯޅަ އިދާރާގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ ޔާރިވް ޓެޕަރ ވަނީ ވަކި އެއްޗެއް ބުނަން އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ ބުނީ އެމީހުންގެ މައިގަނޑު މަގްސަދަކީ ފުޓްބޯޅަ ކުރިއެރުވުމާއި ހުރިހާ ސަރަހައްދަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުން ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ އިޒްރޭލުގެ އާބާދީތަކުގެ ކްލަބުތައް އިޒްރޭލުގެ ލީގުގައި ކުޅޭ މައްސަލަ ފަލަސްތީނުން ފީފާގައި ޖައްސަމުންދާތާ މިހާރު 15 އަހަރު ވެއްޖެއެވެ. އިޒްރޭލުގެ ފުޓްބޯޅައާ ގުޅޭގޮތުން ހިންގާ ޑިސިޕްލިނަރީ ތަހުގީގަކީ މީގެ 18 މަސް ކުރިން ފަލަސްތީނުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ފަށާފައިވާ ތަހުގީގެކެވެ.

ކިޔުންތެރިންގެ ހިޔާލު