ބޮލީވުޑްގައި މިހާތަނަށް އުފެއްދި އެންމެ ތަފާތު އަދި ބިރުވެރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތުމްބާޑް" ގެ ދެވަނަ ބައިގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މި ފިލްމުގެ ކާސްޓަށް މަޝްހޫރު ބަތަލާ އާލިއާ ބަޓް ގުޅިފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރެން ފަށައިފިއެވެ.
ފިލްމުގެ ލީޑް އެކްޓަރު ސޯހަމް ޝާހް މީގެ ކުރިން ވަނީ ފިލްމުގެ ދެވަނަ ބައިން ކާމިޔާބު އެކްޓަރު ނަވާޒުއްދީން ސިއްދީގީ ފެންނާނެކަން އިއުލާންކޮށްފައެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އާލިއާ ބަޓް މި ފިލްމުގައި ފެންނާނީ ވަރަށް ހާއްސަ ކެމިއޯ ރޯލަކުންނެވެ. "މިޑް-ޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާލިއާ ފެންނަ ވަގުތު ކުރުވި ނަމަވެސް، އެއީ ފިލްމުގެ ވާހަކައިގެ ކުރިއެރުމަށް ވަރަށް މުހިންމު (ޕިވަޓަލް) ދައުރެކެވެ.
ފިލްމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އާލިއާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ މަދް އައިލެންޑްގައެވެ. އާލިއާ މި ފިލްމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އޭނާ މޭ މަހުގެ 3 ވަނަ ދުވަހު ފިލްމުގެ މަސައްކަތް ނިންމުމަށްފަހު މޭ 4 ގައި އެމެރިކާގައި ބާއްވާ "މެޓް ގާލާ" އަށް ފުރާނެއެވެ. ވަގުތު ކުޑަތަނިވެފައި އޮތުމުން ބައެއް އިތުރު މަންޒަރުތައް ފުރިހަމަކުރުމަށް އާލިއާގެ "ބޮޑީ ޑަބަލް" އެއް ބޭނުންކުރަން ވެސް ވަނީ ނިންމާފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމުގެ އުފެއްދުންތެރިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޑައިރެކްޓަރު އަދޭޝް ޕްރަސާދު އުފައްދާ "ތުމްބާޑް 2" ބިނާވެފައިވަނީ ފުރަތަމަ ފިލްމުގައި ދެއްކި "ހަސްތާރް" ކިޔާ ކަލާނގެއެއްގެ ވަށައިގެންވާ ބިރުވެރި މައިތޮލޮޖީގެ މައްޗަށެވެ. މި ފިލްމުގައި އިންސާނުންގެ ދަހިވެތިކަމާއި، ނުކުރަންޖެހޭ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ނަތީޖާތައް ފުރަތަމަ ފިލްމަށްވުރެ ފުންކޮށް ދައްކުވައިދޭނެ ކަމަށް ބެލެވެއެވެ.
އާލިއާ ބަޓް މިހާރު އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، "ތުމްބާޑް 2" ސިނަމާތަކަށް އަންނާނީ 2027 ގެ ޑިސެމްބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު