ކުރިމަތިފަރާތުގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ.އ. މޯނިންވިޔު، އާމިނަތު ޝަފަގު، 32 އަހަރެވެ. ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަފަގު ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ކޯޓުގެ ބަންދު އަމުރުން ހާމަވާ ގޮތުގައި، ޝަފަގުގެ ކުރިމަތިފަރާތުގައި ކޮންމެވެސް އެއްޗެއް ފޮރުވައިގެން ހުރިކަން އެކްސްރޭ ހެދުމުން ދެއްކިއެވެ. ތަހުގީގު ކުރިއަށް ގެންދިޔަ ފަރާތްތަކުން ސުވާލު ކުރުުމުން، ފޮރުވާފައި ހުރީ ކޮކެއިން ކަމަށް ޝަފަގު ވަނީ އެއްބަސްވެފައެވެ. ހަށިގަނޑާއި ޖިންސާ ދެމެދުގައި ވެސް ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނިފައިވެއެވެ. ޖުމުލަ 31 ގްރާމްގެ ކޮކެއިން ޝަފަގުގެ ހަށިގަނޑުން ފެނިފައިވެއެވެ.
ކޮކެއިންއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތެކެވެ. ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ކުށެކެވެ. ގާނޫނުލްއުގޫބާތުގެ ދަށުން، ޖަދުވަލު އެކެއްގައިވާ ތަކެތީގެ ޖުމުލަ ބަރުދަން ފަސް ގްރާމް ނުވަތަ އެއަށްވުރެ ގިނަ ނަމަ، ވިޔަފާރީގެ ބޭނުމަށް ރާއްޖެ އެތެރެކުރި ކަމަށް ބެލެވެއެވެ. ޝަފަގުގެ ހަށިގަނޑުން ފެނިފައިވާ 31 ގްރާމަކީ މި މިންވަރަށްވުރެ ގިނަ އަދަދެކެވެ.
މި ކުށް ސާބިތުވެއްޖެ ނަމަ، ޝަފަގަށް އުމުރަށް ޖަލަށްލުމާ އެކު، 100،000 ރުފިޔާ އާއި 10،000،000 ރުފިޔާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެ ކަމަށް ގާނޫނީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު