ތ. ކިނބިދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:40 ހާއިރެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ހާމަކުރިއެވެ.
ނަމަވެސް، އިތުރު ފަރުވާ ބޭނުންވާތީ އޭނާ މިހާރު ވަނީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނިގޮތުގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތަކެއް ނޫނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު