މި އަހަރުގެ ތެރޭގައި ހަކަތައިގެ އަގުތައް 24 އިންސައްތައަށް އުފުލިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.
މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން ހަކަތައިގެ އަގުތައް މިހާ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ފުރަތަމަ ފަހަރެވެ.
ވޯލްޑް ބޭންކުން ނެރުނު 'ކޮމޯޑިޓީ މާކެޓްސް އައުޓްލުކް' ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަގުތައް މިހާ ބޮޑަށް އުފުލެން މެދުވެރިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ލޮޅުންތަކާ ގުޅިގެންނެވެ.
ހާއްސަކޮށް ހަކަތައާ ގުޅުންހުރި އިންފްރާސްޓްރަކްޗާތަކަށް ދެވޭ ހަމަލާތަކާއި، މުހިންމު ކަނޑުގެ މަގުތަކުން ދަތުރުފަތުރު ކުރުމަށް ހުރަސްތައް ކުރިމަތިވުމަކީ ތެލާއި ގޭހުގެ އަގު އުފުލެން ދިމާވާނެ މައިގަނޑު ސަބަބުތައް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވޯލްޑް ބޭންކުގެ އިސް އިގްތިސާދީ މާހިރުން އިންޒާރު ދެއްވައެވެ.
މީގެ ތެރޭގައި ކާބޯތަކެތީގެ އަގު ބޮޑުވުމާއި، އިންފްލޭޝަން މަތިވުމާއި، އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނި އިތުރުވެ އިގްތިސާދީ ދުވެލި މަޑުޖެހުން ހިމެނެއެވެ. ހާއްސަކޮށް ފަގީރު ގައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު މާ ބޮޑަށް ކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު