ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އައްލޫ އަރުޖުން، އޭނާގެ ފިލްމީ މަސައްކަތްތައް ބައްޓަންކުރާނެ އާ އުސޫލުތަކެއް ކަނޑައަޅައިފިއެވެ.
މި ނިންމުމަކީ ސިނަމާތަކަށް ފިލްމު ބަލަންދާ މީހުންގެ އަދަދު މަދުވަމުންދާ ދަނޑިވަޅެއްގައި، ފިލްމީ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާ އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން، ބޮޑެތި ތަރިންގެ ފިލްމުތައް ރިލީޒްވުން ލަސްވުމުގެ ސަބަބުން ސިނަމާތަކަށް މީހުން ވަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ގިނަ ތަރިން މިހާރު އެއް ފިލްމަކަށް ދެ އަހަރު ނުވަތަ ތިން އަހަރު ހޭދަކުރާއިރު، މީގެ ސަބަބުން ސިނަމާތަކަށް ގަވާއިދުން އާ ފިލްމުތައް ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. ގުލްޓޭ ޑޮޓް ކޮމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިގޮތަށް ކަންތައްތައް ކުރިއަށްދާނަމަ، ކުރިއަށް އޮތް އަހަރުތަކުގައި އިންޑިއާގެ ސިންގަލް-ސްކްރީން ސިނަމާތަކުގެ 40 އިންސައްތަ ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ.
މި މައްސަލަ ހަމައެކަނި ސިންގަލް-ސްކްރީން ސިނަމާތަކަށް އެކަންޏެއް ނޫނެވެ. މަލްޓިޕްލެކްސް ސިނަމާތަކަށް ވެސް މީގެ ނޭދެވޭ އަސަރު ކުރަމުންދާއިރު، ގަވާއިދުން ބޮޑެތި ފިލްމުތައް ރިލީޒް ނުވާނަމަ އާމްދަނީ ދަށްވެ، މުޅި ފިލްމީ ދާއިރާއަށާއި ތަރިންނަށް ވެސް އޭގެ ގެއްލުން ކުރިމަތިވާނެއެވެ.
މިހާރުގެ ތަރިންގެ ތެރެއިން އެއްފަހަރާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ގަވާއިދުން ފިލްމުތައް ރިލީޒްކުރަމުންދާ މަދު ތަރިންގެ ތެރޭގައި ޕްރަބާސް ހިމެނެއެވެ. އައްލޫ އަރުޖުން ވެސް މިހާރު ނިންމާފައިވަނީ މިފަދަ އުސޫލަކަށް އަމަލުކުރުމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެއްފަހަރާ ދެ ފިލްމެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ރާވާފައެވެ.
އާ އުސޫލުގެ ދަށުން، ކޮންމެ ފިލްމެއްގެ ޝޫޓިންއަށް އޭނާ ހޭދަކުރާނީ ގިނަވެގެން 200 ދުވަހެވެ. މިއަށްވުރެ އިތުރަށް ޝޫޓިން ދިގުލައިގެންދާނަމަ، އެ ފިލްމެއް ނިމެންދެން މަޑުކުރުމުގެ ބަދަލުގައި އޭނާ ދެން އޮތް ފިލްމުގެ މަސައްކަތް ފަށާނެއެވެ.
މި ތާވަލުގެ ދަށުން، 2026 ވަނ އަހަރުގެ އޮކްޓޯބަރު މަހު ލޯކޭޝް ކަނަގަރާޖްއާ އެކު އާ ފިލްމެއްގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2027 ވަނ އަހަރުގެ އޭޕްރީލް މަހު ތެލެގޫގެ މަޝްހޫރު ޑައިރެކްޓަރަކާއެކު އިތުރު ފިލްމެއްގެ މަސައްކަތް ފަށާނެއެވެ. މީގެ އިތުރުން ބާސިލް ޖޯސެފްއާ އެކު ވެސް ފިލްމެއް ކުޅުމަށް އޭނާ ދަނީ މަޝްވަރާ ކުރަމުންނެވެ.
އައްލޫ އަރުޖުންގެ މި ނިންމުމަކީ ފިލްމީ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާއި ސިނަމާތަކުގެ ވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމެކެވެ. މީގެ ސަބަބުން ބޮޑެތި ފިލްމުތައް ބަލަން ބޭނުންވެފައި ތިބޭ ފޭނުންނަށް ކުރު މުއްދަތެއްގެ ތެރޭގައި އާ ފިލްމުތައް ފެނިގެންދާނެއެވެ. އެހެން ބޮޑެތި ތަރިން ވެސް މި އުސޫލަށް އަމަލުކުރަން ފަށާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު