އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް އެއްބައިވަންތަކަން ގާއިމުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ޕާޓީގެ ލީޑަޝިޕަށް ތައުރީފު ކުރަށްވައިފިއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ޕާޓީގެ ކުރީގެ ޗެއަރޕާސަން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ދަނޑިވަޅަކީ ޕާޓީގެ އެކައުންޓްތައް ފްރީޒްވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ވަގުތެއް ކަމަށެވެ.
އެ ހާލަތުގައި ޕާޓީ ހިންގުމުގެ ބުރަ ޒިންމާ ނަންގަވައި، ޕާޓީ ކުރިއަށް ގެންދިއުމަށް ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ކުރެއްވި ގުރުބާނީ އާއި ބުރަ މަސައްކަތް ޝަމްހީދު ފާހަގަކުރެއްވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ޕާޓީގެ ތެރޭގައި އިތުބާރު އުފައްދައި، ހުރިހާ ފެކްޝަންތަކަށް އެއްބަސްވެވޭނެ ދާއިމީ ޗެއަރޕާސަނެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއީލް އަޙްމަދު ނަސީމް އެންޑޯސް ކުރަން ޕާލިމެންޓަރީ ގްރޫޕުން ނިންމީ އޭނާއަކީ ވަކި ބައެއްގެ ނުފޫޒުގައި ޖެހޭނެ ނުވަތަ "ވިކޭނެ" ބޭފުޅެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ.
މި ނިންމުމަކީ ޕާޓީގެ އެއްބައިވަންތަކަން ދަމަހައްޓައި، ހުރިހާ ލީޑަރުންގެ މަޝްވަރާއާއެކު ނިންމި ނިންމުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އަބްދުލްޣަފޫރުގެ އިރުޝާދުގެ ދަށުން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީން ހޯދި ކާމިޔާބީއަކީ އެ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޕާޓީގެ ހިންގުމުގައި ޕާލިމެންޓަރީ ގްރޫޕުގެ ދައުރު ބޮޑުކަން ފާހަގަކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ޕާޓީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ) ގެ މެޖޯރިޓީއަކީ ވެސް ޕީޖީ ގްރޫޕް ކަމަށްވުމުން، ޕާޓީގެ ޒިންމާދާރުކަން ދެމެހެއްޓުމުގައި މެންބަރުންގެ ބޮޑު މަސްއޫލިއްޔަތެއް އޮތް ކަމަށެވެ.
އަދި މިދިޔަ ދެ އަހަރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބޮޑެތި ޖަލްސާތަކާއި ހިނގާލުންތައް ބާއްވައި، ސިޔާސީ ގޮތުން ވަރުގަދަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ޔަގީންކަން ދެއްވީ މިހާރު ތިއްބެވި ކެންޑިޑޭޓުންނާއެކު ޕާޓީ ކުރިއަށް ގޮސް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު