ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާއި ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ރާނާ ދަގޫބާޓީ، ބޮޑު ބަޖެޓަކުން އުފައްދާ ތާރީޚީ ތުރިލާ ފިލްމަކަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
"123 ޓެލެގޫ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމަކީ އިންޑިއާގެ އުއްޖޭންގެ ކަރާމާތްތެރި މާހައުލެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ރާނާ ދަގޫބާޓީ މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމާ އަކްޝޭ ކުމާރު މިހާރު ގުޅިފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން، މި ފިލްމުގައި މަޝްހޫރު އެހެން އެކްޓަރެއްގެ ކެމިއޯ ރޯލެއް ހިމެނޭނެ ކަމަށް ބުނެ ބޮޑު ސަޕްރައިޒެއްގެ އިންތިޒާރުގައި ފޭނުން ތިބި ނަމަވެސް، މިކަން އަދި ކަށަވަރެއް ނުވެއެވެ.
މި ފިލްމު ޑައިރެކްޓް ކުރަނީ "ކާތިކޭޔާ 2" އިން ބޮޑު މަގުބޫލުކަމެއް ހޯދި ޗަންދޫ މޮންޑެޓީއެވެ. އޭނާއަކީ ތާރީހީ ސިއްރުތަކުގެ މައްޗަށް ވާހަކަ ބިނާކުރުމަށް ކާމިޔާބު ޑައިރެކްޓަރެކެވެ. މުޅި އިންޑިއާއަށް އަމާޒުކޮށްގެން އުފައްދާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.
އަކްޝޭ އެންމެ ފަހުން ފެނިފައިވަނީ އޭނާގެ ހޮރޯ-ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" އިންނެވެ. ތާބޫ އާއި ވަމީގާ ގައްބީ ވެސް ފެނިގެންދާ މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ތަރުހީބެއް ލިބެމުންދާއިރު، ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި ފިލްމުގައި ޓައިމް ޓްރެވަލް ހިމެނުމުން ވާހަކަ ވަނީ އޮޅުންބޮޅުންވެފައެވެ. މީގެ އިތުރުން ސައިފް އަލީ ޚާނާއެކު "ހައިވާން" ފިލްމުގެ މަސައްކަތް ވެސް އަކްޝޭ ދަނީ ކުރަމުންނެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު ރިޝަބް ޝެޓީގެ މަޝްހޫރު ފިލްމު "ހަނޫމާން" ގެ ސީކުއަލް "ޖޭ ހަނޫމާން" އިން ރާނާ ފެނިދާނެ ކަމުގެ ވާހަކަތައް މި ހާރު ދަނީ ދެކެވެމުންނެވެ. "123 ޓެލެގޫ" އިން ބުނާ ގޮތުގައި މި ފިލްމުގެ މުހިންމު ރޯލަކަށް ރާނާ ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު