ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން އަންނަ ބުދަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލާގައި މައިގަނޑު ގޮތެއްގައި ބަހުސްކުރެވުނީ، މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސްތަކާ ޚިލާފު އިސްލާހެއް ކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ކުރީކޮޅު ވަނީ ނިންމާލާފައެވެ. ކޯޓުން މިހާރު ތާވަލުކޮށްފައިވާ ގޮތުން، މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށް އަލީ ހުސައިންގެ ފަރާތުން އެދުނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ކިޔުންތެރިންގެ ހިޔާލު