މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަނެއްކާވެސް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ހޫނުން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ އެ އިދާރާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ ނިސްބަތުން ވަރަށް މަތީގައެވެ. އެގޮތުން އިހުސާސް ކުރެވޭ ފިނިހޫނުމިން އެންމެ މަތީގައި އުޅެނީ ލ. ކައްދޫގައެވެ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 39.5 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ހަނިމާދޫގައި މި މިންވަރު ހުރީ 39 ގައެވެ. މީގެ އިތުރުން، ގދ. ކާޑެއްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 37 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގައި ހުރީ 37.4 ޑިގްރީ ސެލްސިއަސްގައެވެ.
ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނީ، ބޮލުގައި ރިއްސުމާއި، ބޯއަނބުރައި، އަކުނިވަޔަށް ދެމުމުގެ އިތުރުން ވަރުދެރަވެ ލޮލަށް ގެއްލުން ލިބުމަށް މަގުފަހިވާ ކަމަށެވެ. އަދި ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނަގައި، ކުދި ރަތް ބިހިތައް ހަންގަނޑުގައި ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން، ހޫނުގަދަވުމުގެ ސަބަބުން މިފަދަ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހޫނުގަދަ ދުވަސްވަރު ސިއްހީ ގޮތުން އެންމެ ބޮޑަށް ނުރައްކާވާނެ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން، އާންމުކޮށް އަވީގައި ގިނަ ވަގުތު މަސައްކަތްކުރާ މީހުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ހާއްސަކޮށް ތުއްތު ކުދިންނާއި ކުޑަކުދިންނަށް އިރުގެ ދޯދިން ކުރާ އަސަރު ބޮޑުވާތީ، އެޗްޕީއޭއިން ވަނީ ބައެއް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ހޫނުގަދަ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިޔުމަށާއި، 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ގާތުން ކިރު ނުވަތަ ދިޔާ ތަކެތި ދިނުމަށް ވަނީ އަންގާފައެވެ. އަދި ކުދިންނަށް ގަޔަށް ދޫ، ތުނި ހެދުން ލެއްވުމަށާއި، ކޮންމެހެން ބޭރަށް ގެންދަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު