އެމްޑީޕީއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދީ، ރާއްޖޭގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުންދާ ދަތި ހާލަތުން ގައުމު ސަލާމަތް ކުރެވޭނެ ހަމައެކަނި ލީޑަރަކީ މީކާއިލް ނަސީމް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މީކާއިލް ނަސީމްގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބަކީ ހަމައެކަނި މަގާމަކަށް މީހަކު ހޮވުމެއް ނޫނެވެ. އެއީ ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ނިންމުމެއް ކަމަށާއި، ޕާޓީގެ މެންބަރުންގެ ވޯޓު ކަރުދާހުގައި އޮތް އަސްލު ސުވާލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކޮން ބޭފުޅެއްގެ ލީޑާޝިޕެއްގެ ދަށުންތޯ ކުރެވޭ ސުވާލު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި ނަގާ ވޯޓުގައި މި ނިންމަނީ އަޅުގަނޑުމެންނަށް، މި ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ޖެހިފައި މިއޮތް ހާލު މި ގައުމު ސަލާމަތްކުރާނެ ބަޔަކު ހޯދަން. އެ މަސައްކަތުގައި މި ޕާޓީ އެކުއެކީގައި ގެންދާނެ ބޭފުޅެއް ހޯދުމުގެ މަސައްކަތް. އެއީ އަޅުގަނޑުމެންގެ ވޯޓު ކަރުދާހުގައި އޮންނަ ސުވާލަކީ. މި ޕާޓީއަށް 2028 ކާމިޔާބުކުރެވޭނީ މިތަނުން ކޮން ބޭފުޅެއްގެ ޗެއާޕާސަންގެ ދަށުގަހޭ،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، މި ސުވާލާ މެދު ފުންކޮށް ވިސްނާލުމުން ލިބޭ ޖަވާބަކީ މީކާއިލް ނަސީމް ކަމަށެވެ. އަދި މަޖިލިސް މެންބަރެއްގެ ގޮތުގައި ހޭދަކުރެއްވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޕާޓީން ނަގަންޖެހުނު އެންމެ މުހިންމު އަދި ނާޒުކު ނިންމުންތަކުގައި މީކާއިލް ވަނީ ވަރުގަދަ ލީޑާޝިޕެއް ދައްކަވާފައި ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދުގެ ވާހަކައިގައި މީކާއިލްގެ ގާބިލުކަމާ މެދު އިތުބާރު އޮތްކަން ހާމަކުރައްވަމުން ވިދާޅުވީ، ޕާޓީގެ ލީޑާޝިޕްގައި ހުންނަވައިގެން މުޅި ޕާޓީ އެކަތިގަނޑަކަށް ހަދައި، ކުރިއަށް އޮތް ބޮޑު އިންތިހާބު ކާމިޔާބުކޮށްދިނުމުގެ ގާބިލުކަން މީކާއިލްގެ ކިބައިގައި އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު