މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގދ. ވާދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ / ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ / ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވާދޫ ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައެވެ. ފުލުހުން ބުނީ އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 3.28 ގްރާމް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު