މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި މަހު 27 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 110،000 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް 40،000 ފަތުރުވެރިންގެ މަދުވުމެކެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު މަގުތަކަށް ބުރޫއެރުމެވެ. ޚާއްޞަކޮށް ޔޫރަޕާއި ހުޅަނގުގެ މަންޒިލްތަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ގަތަރާއި ޔޫއޭއީ މެދުވެރިކޮށް ކަމަށްވާއިރު، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އައުމަށް ތާވަލުކޮށްފައިވާ 500 އެއްހާ ފްލައިޓް މިހާތަނަށް ކެންސަލްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ކުރިމަތިވެފައިވާ މި ދަތިތަކަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާޗް މަހުވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 20 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތަރު އިންސައްތަ ދަށްވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 790،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 750،000 ފަތުރުވެރިންނެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު