އެމްޑީޕީގެ މުޒާހަރާގައި މީހަކަށް އަނިޔާވުން
އެމްޑީޕީގެ މުޒާހަރާގައި މީހަކަށް އަނިޔާވުން
މޯލްޑިވްިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހުނީ ފުލުހުންގެ އަމަލެއްގެ ސަބަބުން ނޫން ކަމަށާއި، އެއްވުން ކޮންޓްރޯލް ކުރުމުގައި އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިއަކަށް ފުލުހުން ކަރަންޓު މުގުރު ބޭނުންކޮށްގެން އަނިޔާކުރުމުގެ ސަބަބުން އެމީހާގެ ހާލު ދެރަވެ ފަރުވާ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ އެ މީހާއަށް އަނިޔާވުމާ އެއްވެސް ގުޅުމެއް ނެތް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމަކީ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ހިދުމަތްތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

އެހެންކަމުން، އެއްވެސް މައުލޫމާތެއް ފެތުރުމުގެ ކުރިން އޭގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު