ތަމަޅަ ފިލްމީ އިންޑަސްޓްރީގެ ސުޕަސްޓާ ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ 2" ގެ މަންޒަރުތަކެއް، ފިލްމު ރިލީޒްކުރުމުގެ ކުރިން އިންޓަނެޓުގައި ލީކުވެއްޖެއެވެ.
މިކަމާ ގުޅިގެން ފިލްމުގެ އުފެއްދުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއްވެސް ފަރާތަކުން އެ ވީޑިއޯ ބޭނުން ނުކުރުމަށާއި، ހިއްސާ ނުކުރުމަށް ނުވަތަ ރީޕޯސްޓް ނުކުރުމަށް ހަރުކަށިކޮށް އަންގާފައެވެ.
ފިލްމު އުފައްދާ ކުންފުނި، ސަން ޕިކްޗާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޖެއިލާ 2" ގެ ސެޓުން ނަގާފައިވާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާކަން އެ ފަރާތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ކުންފުނީގެ އެންޓި-ޕައިރަސީ ޓީމުން މިހާރު ދަނީ މި މައްސަލަ ވަރަށް ގާތުން ބަލަމުންނެވެ. އަދި މިފަދަ ކޮންޓެންޓްތައް އިންޓަނެޓުން ނައްތާލުމަށާއި، އެ މަންޒަރުތައް ހިއްސާކުރާ އެކައުންޓުތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
"އަޅުގަނޑުމެން މީޑިއާތަކަށާއި ފޭން ކްލަބުތަކަށް އިލްތިމާސްކުރަނީ މި ވީޑިއޯ ބޭނުން ނުކުރުމަށާއި ހިއްސާ ނުކުރުމަށް. އެއީ ތިޔަބޭފުޅުންގެ އެކައުންޓުތައް ސަސްޕެންޑުވުމުން ނުވަތަ އެކައުންޓުތަކަށް ފިޔަވަޅު އެޅުމުން ސަލާމަތްވުމަށްޓަކައި. މިފަދަ ކަމެއް ދިމާވެގެން އެކައުންޓު އަނބުރާ ހޯދައިދިނުމަށް އުފެއްދުންތެރިންގެ އެއްވެސް ޒިންމާއެއް ނޯންނާނެ،" ސަން ޕިކްޗާސްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއީ މިމަހުގެ ތެރޭގައި ތަމަޅަ ފިލްމެއްގެ މަންޒަރުތައް ލީކުވި ދެވަނަ ފަހަރެވެ. މީގެ ކުރިން ތަލަޕަތީ ވިޖޭގެ "ޖަނަ ނަޔަގަން" ގެ މަންޒަރުތަކެއްވެސް ވަނީ ލީކުވެފައެވެ. އެ މައްސަލާގައި ފިލްމު އުފައްދާ ކުންފުނި ކޭ.ވީ.އެން ޕްރޮޑަކްޝަންސް އިން ވަނީ ގާނޫނީ ފިޔަވަޅު އަޅައި، އެކަމާ ގުޅުންހުރި 8 މީހަކާއި ފްރީލާންސް އެސިސްޓަންޓް އެޑިޓަރަކު ހައްޔަރުކޮށްފައެވެ.
ޖެއިލާ 2" އަކީ 650 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ހޯދި ބްލޮކްބަސްޓާ ފިލްމު "ޖެއިލާ" ގެ ސީކުއަލްއެވެ. މި ފިލްމުގެ މަސައްކަތް މި އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު ޗެއްނާއީގައި ފަށާފައިވާއިރު، ފުރަތަމަ ބައިގެ ކާމިޔާބީއާ ގުޅިގެން މި ފިލްމަށް އޮތް އިންތިޒާރު ވަނީ ވަރަށް ބޮޑުވެފައެވެ. މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު