ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް، އެމީހުންގެ ދެވަނަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާކަން އިއުލާނުކުރުމާ އެކު، ދީޕިކާ އަލުން މަސައްކަތުގެ މައިދާނަށް ނުކުމެއްޖެއެވެ.
މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނީ 2024 ވަނަ އަހަރުއެވެ. އެއީ އަންހެން ކުއްޖެކެވެ. އެކުއްޖާއަށް ނަން ދީފައި ވަނީ "ދުއާ" ގެ ނަމުންނެވެ. ދާދި ފަހުން މި ދެމެފިރިން ވަނީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން އިއުލާން ކޮށްފައެވެ. އަދި މިކަން އިއުލާން ކުރިފަހުން ދީޕިކާ މިވަނީ ޑައިރެކްޓަރު ޕުނިތު މަލްހޯތުރާއާ އެކު މަސައްކަތުގެ ސެޓުން ފެނިފައެވެ.
އާދިއްތަ ދުވަހު ދީޕިކާ އާއި ރަންވީރު ސޯޝަލް މީޑިއާ މެދުވެރިކޮށް ދެވަނަ ދަރިފުޅަށް އިންތިޒާރުކުރާކަން ހާމަކުރުމާ ގުޅިގެން، ފޭނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ބަޔަކު އަންނަނީ އެދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. މި އުފާވެރި ޚަބަރަށްފަހު، ޑައިރެކްޓަރު ޕުނިތު މަލްހޯތުރާ ވަނީ ދީޕިކާއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މި ފޮޓޯއިން ފެންނަ ގޮތުގައި ހުދުކުލައިގެ ހެދުމެއްގައި ހުރި ދީޕިކާގެ މޫނުމަތިން ބަނޑުބޮޑުވުމުގެ ސަބަބުން އަންނަ ތާޒާކަމާއި އުޖާލާކަން ފާހަގަކުރެވެއެވެ. ޕުނިތު ބުނި ގޮތުގައި މި ޝޫޓިންގްއަކީ "10 އަކުން 10" އެއްގެ ފުރިހަމަ މަސައްކަތެކެވެ. އަދި ދީޕިކާގެ އޯގާތެރިކަމާއި ހިތްހެޔޮކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. މި މަސައްކަތަކީ އިޝްތިހާރެއް ނުވަތަ ފިލްމެއްގެ މަސައްކަތެއްކަން އަދި ކަށަވަރު ނުވި ނަމަވެސް، ފޭނުންގެ މެދުގައި މިކަމަށް ވަނީ ބޮޑު ޝައުގުވެރިކަމެއް އުފެދިފައެވެ.
ފޭނު
ން ވަނީ މި ފޮޓޯއަށް ކޮމެންޓް ކުރަމުން ދީޕިކާއަކީ "މިސިޒް ދުރަންދަރު" ކަމަށާއި އޭނާ ވަރަށް ފުރިހަމަ ކަމަށް ބުނެފައެވެ. މިއީ ރަންވީރު ސިންގްގެ އެންމެ ފަހުގެ ކާމިޔާބު ފިލްމު "ދުރަންދަރު: ދަ ރިވެންޖް" އަށް ނިސްބަތްކޮށް ފޭނުން ބޭނުންކުރި ލަފުޒެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ އޭނާގެ މާބަނޑު ދުވަސްވަރުވެސް މަސައްކަތްތައް ހުއްޓައެއް ނުލާނެއެވެ. އެގޮތުން އައްލޫ އަރްޖުންއާ އެކު ކުޅޭ "ރާކާ" ގެ ވަރުގަދަ އެކްޝަން މަންޒަރުތަކުގެ މަސައްކަތް އޭނާ ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ޝާހްރުކް ޚާންއާ އެކު ފެނިގެންދާ ފިލްމު "ކިންގް" ވެސް އޮތީ ކުރިއަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރު ޑިސެމްބަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު