ރާޖަސްތާނުގެ ބަލޯތުރާ ޑިސްޓްރިކްޓްގައި ހުންނަ ޕަޗްޕަދްރާ ރިފައިނަރީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް އިފްތިތާޙު ކުރެއްވުމަށް ހަމަޖެހިފައި އޮތް ދުވަހުގެ ކުރީ ދުވަހު، އެތަނުގެ މައި ޕްރޮސެސިންގ ޔުނިޓްތަކުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 1:55 އެހާއިރު ކަމަށްވާއިރު، މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ޚާއްޞަ ތަޙުޤީޤެއް ފަށާފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސްއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަލިފާން ރޯވީ އެޗް.ޕީ.ސީ.އެލް ރާޖަސްތާން ރިފައިނަރީ ލިމިޓެޑް (އެޗް.އާރް.އާރް.އެލް) ގެ ކްރޫޑް ޑިސްޓިލޭޝަން ޔުނިޓް (ސީ.ޑީ.ޔޫ) ހިމެނޭ ސަރަޙައްދުގައި ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ރިފައިނަރީ ހުޅުވާނެ އައު ތާރީޚެއް ފަހުން އިޢުލާން ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރިފައިނަރީގެ އިމަޖެންސީ ރެސްޕޮންސް ޓީމާއި ލޯކަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ވަނީ ވަރަށް އަވަހަށް އަލިފާން ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިބްތިދާއީ ތަޙުޤީޤުން އެނގޭ ގޮތުގައި އަލިފާން ރޯވީ ހީޓް އެކްސްޗޭންޖަރ ސާކިޓްގެ ވޭލްއަކުން ނުވަތަ ފްލޭންޖަކުން ހައިޑްރޯކާބަން ލީކުވުމުގެ ސަބަބުންނެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި އަލިފާންގަނޑު ފެތުރިފައިވަނީ ހަމައެކަނި ހީޓް އެކްސްޗޭންޖަރ ސްޓެކް ހުރި ސަރަޙައްދަށް ކަމަށާއި، އެހެން ޔުނިޓްތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އަލިފާން ރޯވި ވަގުތަކީ އެތަނުގައި މަސައްކަތްކުރާ 200 އެއްހާ މުވައްޒަފުން މެންދުރުގެ ކެއުމަށް ގޮސް ތިބި ވަގުތެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ބޮޑު އަލިފާންގަނޑު ނިއްވުމަށް 100 އަށްވުރެ ގިނަ ފަޔަރ ޓެންޑަރު ބޭނުންކޮށްފައިވެއެވެ. އަދި މެންދުރުފަހު 2:30 ހާއިރު އަލިފާންގަނޑު ވަނީ މުޅިން ކޮންޓްރޯލް ކުރެވިފައެވެ.
އެޗް.އާރް.އާރް.އެލް ރިފައިނަރީއަކީ ސަރުކާރު ހިއްސާވާ ހިންދުސްތާން ޕެޓްރޯލިއަމް ކޯޕަރޭޝަން ލިމިޓެޑް (74 އިންސައްތަ) އާއި ރާޖަސްތާން ސަރުކާރު (26 އިންސައްތަ) ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޚަރަދު ކުރިން އަންދާޒާކުރި 43،129 ކްރޯޑް ރުޕީސްއިން 79،459 ކްރޯޑް ރުޕީސްއަށް އިތުރުވެފައިވާއިރު، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ވިޔަފާރީގެ އުޞޫލުން މަސައްކަތް ފެށޭނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ބިންގާ އެންމެ ފުރަތަމަ 2013 ވަނަ އަހަރު ސޯނިއާ ގާންދީ އެޅުއްވިއިރު، ދެވަނަ ފަހަރަށް 2018 ވަނަ އަހަރު ބިންގާ އެޅުއްވީ ބޮޑުވަޒީރު މޯދީއެވެ. މި އިފްތިތާޙީ ރަސްމިއްޔާތަކީ މީގެ ކުރިން މާރިޗު 19 އަށް ތާވަލުކުރުމަށްފަހު، އޭޕްރިލް 21 އަށް ފަސްކޮށްފައިވާ ރަސްމިއްޔާތެކެވެ.

ކިޔުންތެރިންގެ ހިޔާލު