އެމްޑީޕީގެ ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް، ވަކި ކޮޅެއް ނުނަންގަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ލޯންޗުކުރުމުގެ ތެރެއިން، ޝާހިދު އޭނާއަށް ތާއީދުކުރައްވާ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި މި އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް އޭނާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މި އިންތިހާބުގައި މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަލްހާން ފަހުމީ ވެސް ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވައެވެ.
ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިންތިހާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީން ކުރާ މަސައްކަތުގެ މުހިންމު ފެށުމެކެވެ.
މިއީ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށްވެ، މުސްތަގުބަލާ މެދު މުހިންމު ނިންމުންތަކެއް ނިންމުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު