ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ތެރެއިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފެތުރިފައިވާ އަޑުތައް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރަށްވައިފިއެވެ.
ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ތެރޭގައި ހަރަކާތްތަކެއް ހިނގަމުންދާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން މީޑިއާއަކުން ސުވާލުކުރުމުން ފަލާހު ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ޕާޓީގެ ތެރޭގައި ހިނގަމުން ނުދާ ކަމަށާއި އެފަދަ ބަދަލެއް ގެންނަންޖެހޭ ސަބަބެއް ވެސް މެދުވެރިވެފައި ނުވާ ކަމަށެވެ. އަދި އެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް "ދުރަށް ވަޑައިގަތުމަށް" ދެންނެވެން އޮތް ގޮތަކަށް އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް ޕީއެންސީގެ އެހެން މެންބަރަކު ވަނީ ވިދާޅުވެފައެވެ.
ޕީއެންސީ ޕީޖީ ގްރޫޕްގެ އިސް ބޭފުޅަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޖިލީހުގެ ތެރެއިން ނާޒިމް ކަންކަން ކުރައްވާ ގޮތާމެދު ބައެއް މެންބަރުންގެ މެދުގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ބައެއް ފަހަރު ނާޒިމް ފާޅުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވާ ކަމަށް ބައެއް މެންބަރުން ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އަޑުތައް ގަދަވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނާޒިމް ވަނީ ވަކިކޮށްފައެވެ.
މި ބަދަލުތައް އަންނަން ފަށާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، ސަރުކާރާއި ޕީއެންސީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު