ރާއްޖެއަށް 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ) އެވެ. މި ދެ މީހުންނަކީ މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެ އައިއިރު، އެ މީހުންގެ ދަބަހުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގަތް ދެ މީހުންނެވެ.
ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުން ޖުމްލަ 11.9 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5,370 ގްރާމުގެ ކެނަބިސް ފަތާއި، 6,590 ގްރާމުގެ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު