މީލާދީން 12 ވަނަ އަހަރު އުފަންވި ގައިއަސް ޖޫލިއަސް ސީޒަރ އޯގަަސްޓަސް ޖަރމެނިކަސް ނުވަތަ މަޝްހޫރު ނަމުން ނަމަ "ކެލިގިއުލާ" އަކީ ރޯމަނުންގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަސްކަލެކެވެ. އޭނާގެ ވެރިކަން ދެމިއޮތީ އެންމެ ހަތަރު އަހަރު ދުވަހު (އޭޑީ 37 އިން 41 އަށް) ކަމުގައިވީ ނަމަވެސް، އޭނާގެ ނަން ތާރީޚުގައި ބަދަލުވެފައިވަނީ އިންތިހާއަށް އިސްރާފުކުރުމާއި، ބުއްދި ގަބޫލުނުކުރެވޭ ފަދަ ނިންމުންތަކާއި، އަދި ނުފޫޒުގަދަ ބާރުވެރިކަމެއް ނުބައި ގޮތުގައި ބޭނުންކުރުމުގެ ރަމްޒަކަށެވެ.
ކެލިގިއުލާއަކީ ރޯމުގެ އިހުތިރާމް ލިބިގެންވީ ޖެނެރަލް ޖަރމެނިކަސްގެ ދަރިއެކެވެ. އޭނާގެ ކުޑައިރުގެ ދުވަސްތައް ހޭދަކުރީ ރޯމަނުންގެ ސިފައިންގެ ތެރޭގައެވެ. އޭރު އޭނާ އަރައިގެން އުޅުނު ކުޑަކުޑަ ސިފައިންގެ ބޫޓުގެ ސަބަބުން، "ކުޑަ ބޫޓު" ގެ މާނަ ދޭހަވާ "ކެލިގިއުލާ" ގެ ނަމުން އޭނާއަށް މުޚާތަބު ކުރެވެން ފެށުނެވެ. ރަސްގެފާނު ޓައިބީރިއަސް އަވަހާރަވުމުން، އާންމުންނާއި ސެނެޓުގެ ފުރިހަމަ ތާއީދާއެކު އޭނާ ވެރިކަމަށް އައީ، އުންމީދުން ފުރިގެންވީ ހަކަތަ ހުރި ޒުވާން ލީޑަރެއްގެ ގޮތުގައެވެ.
ވެރިކަމުގެ ކުރީކޮޅު ކެލިގިއުލާ ފެނިގެންދިޔައީ ނަމޫނާ އަދި ކާމިޔާބު ވެރިއެއްގެ ގޮތުގައެވެ. ސިފައިންނަށް އިނާޔަތްތައް ދިނުމާއި، ސިޔާސީ މިނިވަންކަން އަލުން އިއާދަކުރުމުގެ އިތުރުން، އާންމު ރައްޔިތުންނަށްޓަކައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް އިންތިޒާމުކޮށް، ގިނަ ބައެއްގެ ލޯބި ހޯދިއެވެ. އެ ދުވަސްވަރު އޭނާގެ ވެރިކަން ސިފަވެގެންދިޔައީ އަމާން އަދި އުންމީދީ ދައުރެއްގެ ގޮތުގައެވެ.
ނަމަވެސް، މި އުފާވެރި ފެށުން ކުއްލިއަކަށް ބަދަލުވެގެންދިޔައެވެ. ތާރީޚީ ހެކިތަކުން އެނގޭ ގޮތުގައި، ވެރިކަމުގެ ކުރީކޮޅު އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. ބަލިން ފަސޭހަވުމަށްފަހު، އޭނާގެ މިޒާޖަށާއި އުޅުމަށް އާދަޔާޚިލާފު ބަދަލުތަކެއް އައެވެ. އޭނާގެ ނިންމުންތައް ހަރުކަށިވެ، ބުއްދިއަށް ނުފެންނަ އިސްރާފު ބޮޑު ކަންކަމަށް މަގުފަހިވިއެވެ. ބައެއް ތާރީޚު އިލްމުވެރިން ދެކޭ ގޮތުގައި އެ ބަލީގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރީއެވެ. އަނެއް ބަޔަކު ދެކެނީ، އިންތިހާ ބާރުވެރިކަމުގެ މަސްތުގައި ޖެހުމާއި، އެކަމުން ކުރިމަތިވި ނަފްސާނީ ފިއްތުންތަކަކީ މި ބަދަލުގެ އަސްލު ކަމަށެވެ.
ވެރިކަން ކުރިއަށް ދިޔަވަރަކަށް، އޭނާއަކީ ދިރިހުރި ކަލާނގެއެއްގެ ގޮތުގައި ބަލައިގަތުމަށް މަޖުބޫރުކުރުވައި، ފައްޅިތަކުގައި އޭނާގެ ބުދުތައް ބެހެއްޓިއެވެ. އަދި އޭނާގެ އަރާމާއި އުފަލަށާއި، ބިޔަ ބިނާތައް ބިނާކުރުމަށް ރޯމުގެ ޚަޒާނާއިން އިންތިހާއަށް ޚަރަދުކުރަން ފެށިއެވެ. މީގެ އިތުރުން، ބިރުވެރިކަމުގެ ނުފޫޒުން ވެރިކަން ހިންގަން ފަށައި، ވަފާތެރިކަމާމެދު ޝައްކުކުރެވޭ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދިނުމުގެ ސަބަބުން، ރޯމުގެ އިސްވެރިންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.
އޭނާގެ ވެރިކަމާ ގުޅޭގޮތުން ދެކެވޭ އެންމެ އާދަޔާޚިލާފު އެއް ވާހަކައަކީ، އޭނާ ގެންގުޅުނު "އިންސިޓާޓަސް" ނަމަކަށް ކިޔާ އަސް، ދައުލަތުގެ މަތީ މަގާމެއް ކަމަށްވާ "ކޮންސުލް" ކަމަށް އައްޔަންކުރަން އުޅުނު ވާހަކައެވެ. މިއީ ގިނަ ބަޔަކު ދައްކާ ވާހަކައަކަށް ވިޔަސް، ބައެއް މުއައްރިޚުން ދެކޭ ގޮތުގައި މިއީ އޭނާގެ ވެރިކަން ރޯމުގެ އާދަކާދަތަކާ ކިހާ ދުރަށް ގޮސްފައިވާކަން ހާމަކޮށްދިނުމަށް ފަހުން އުފައްދާފައިވާ ވާހަކައެކެވެ.
ކެލިގިއުލާއާ ބެހޭގޮތުން ލިބެން ހުރި ގިނަ މައުލޫމާތުތަކަކީ، އޭނާ އަވަހާރަވި ފަހުން "ސޫޓޯނިއަސް" އަދި "ކެޝިއަސް ޑިއޯ" ފަދަ ލިޔުންތެރިން ރެކޯޑުކޮށްފައިވާ މައުލޫމާތެވެ. އެ ދުވަސްވަރުގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން، މި ލިޔުންތަކުގައި ކޮންމެވެސް ވަރެއްގެ ތައައްސުބެއް ހުރެދާނެ ކަމަށް ބެލެވުނަސް، އޭނާގެ ވެރިކަމަކީ ހަލަބޮލި އަދި މައްސަލަ ގިނަ ދައުރެއްކަން ކަށަވަރެވެ.
މީލާދީން 41 ވަނަ އަހަރު، ރަސްކަލުންގެ ސަލާމަތީ ކަންކަން ބަލަހައްޓާ "ޕްރެޓޯރިއަން ގާޑް" ގެ ބަޔަކު އޭނާ އަވަހާރަކޮށްލުމާއެކު، ކެލިގިއުލާގެ ވެރިކަން ނިމުމަކަށް އައެވެ. އޭނާ އަވަހާރަކޮށްލުން ރަމްޒުކޮށްދެނީ، އޭނާގެ ހަރުކަށި ބާރުވެރިކަމުގެ ސަބަބުން ގާތް މީހުންގެ މެދުގައި އުފެދުނު ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ބޮޑުކަމެވެ. އޭނާއަށްފަހު ރަސްކަމަށް އިސްވީ އޭނާގެ ބޮޑުބޭބެ ކްލޯޑިއަސްއެވެ. ކްލޯޑިއަސްގެ ވެރިކަމުގައި ރޯމަށް އަލުން ހަމަޖެހުމާއި އަމާންކަން ލިބިގެންދިޔައެވެ.
މިއަދު ކެލިގިއުލާ ބެލެވެނީ، ޒިންމާދާރުކަމެއް ނެތް ގޮތުގައި ބާރުގެ ބޭނުން ހިފުމުން ނުކުމެދާނެ ހިތްދަތި ނަތީޖާގެ ނަމޫނާއެއްގެ ގޮތުގައެވެ. އޭނާގެ ހަޤީގީ ސަޚުސިއްޔަތު ފުރިހަމައަށް ދެނެގަތުމަކީ ދަތި ކަމަކަށް ވިޔަސް، ލީޑަރެއްގެ އުޅުމާއި މިޒާޖަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ގައުމެއްގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެކަން އޭނާގެ ތާރީޚުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު