ސަރުކާރުން ސިޔާސީ ވަޒީފާ ދިނުން ހުއްޓާލުމަށް ނިންމި ނިންމުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނަސީމް ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވަ
އެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށާއި، ދެން އެކަން ނުކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ، ޤާނޫނާ ޚިލާފަށް ފާޅުގައި ރިޝްވަތުދީ، ނުޙައްޤު ވަޒީފާ އާއި ޕްރޮމޯޝަންތައް ބަހައިގެން ވޯޓު ހޯދަން އުޅުމަށްފަހު، އިންތިޚާބުން ބަލިވުމުން ދެން އެކަން ނުކުރާނެ ކަމަށް ބުނުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
"ގާނޫނާޚިލާފަށް ފާޅުގަ ވޯޓުހޯދަން ރިޝްވަތުދީފަ، ނުހައްގު ވަޒީފާދީފަ، ޕްރޮމޯޝަންދީފަ، އިންތިޚާބުން ބަލިވީމާ މިބުނަނީ (ދެންއެކަން ނުކުރަން އަންގާފީމޭ) ރައްޔިތުން ބޭނުމެއް ނޫނޭ! މިހުންނަނީ ގޮތްކުޑަކަމުގެ އިންތިހާ" ނަސީމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. ޚާއްޞަކޮށް ޤާނޫނުއަސާސީގެ އަސާސްތަކަށް ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަން މި ނަތީޖާއިން ހާމަވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ނަފާ ނަސީމް ވިދާޅުވީ މިފަދަ އަމަލުތަކަކީ "ގޮތްކުޑަކަމުގެ އިންތިހާ" ކަމަށެވެ. އަދި 'ސިޔާސީ ބިކާރީން' އެވާހަކަތައް މޮޅުކޮށްފައި ދައްކާތީ ހިނިއަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނާޚިލާފަށް ފާޅުގަ ވޯޓުހޯދަން ރިޝްވަތުދީފަ ، ނުހައްގު ވަޒީފާދީފަ ، ޕްރޮމޯޝަންދީފަ، އިންތިޚާބުން ބަލިވީމާ މިބުނަނީ (ދެންއެކަން ނުކުރަން އަންގާފީމޭ) ރައްޔިތުން ބޭނުމެއް ނޫނޭ! މިހުންނަނީ ގޮތްކުޑަކަމުގެ އިންތިހާ! އަދި ސިޔާސީ ބިކާރީން އެވާހަކަ މޮޅުކޮށްފަ ދައްކާތީ ހިނިއަންނަނީ ދީ?
— NafaNaseem (@monasibnaseem) April 20, 2026
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ރައްޔިތުން ވަރަށް ސާފު މެސެޖެއް ދީފައިވާ ކަމަށެވެ. ޚާއްޞަކޮށް ޤާނޫނުއަސާސީގެ އަސާސްތަކަށް ބަދަލުތަކެއް ގެނައުމަކީ ރައްޔިތުން އެދޭ ކަމެއް ނޫންކަން މި ނަތީޖާއިން ހާމަވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ސަރުކާރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ނަފާ ނަސީމް ވިދާޅުވީ މިފަދަ އަމަލުތަކަކީ "ގޮތްކުޑަކަމުގެ އިންތިހާ" ކަމަށެވެ. އަދި 'ސިޔާސީ ބިކާރީން' އެވާހަކަތައް މޮޅުކޮށްފައި ދައްކާތީ ހިނިއަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު