އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ތެލުގެ ޚިދުމަތް ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެ ސިޓީއަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައްޑޫގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިވަގުތު އެފްއެސްއެމްގެ ޚިދުމަތް ލިބެން ނެތް ކަމަށެވެ. މިހާރު އެ ސިޓީގައި ތެލުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކުންނެވެ.
ކައުންސިލުން ބުނީ މީގެކުރިން އެފްއެސްއެމް އިން އަގުހެޔޮކޮށް ތެޔޮ ސަޕްލައި ކުރަމުން އައި ނަމަވެސް، މިހާރު އެ އިންތިޒާމު ބަދަލުވެ، ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށެވެ. އެގޮތުން އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް 18.56 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް 18.68 ރުފިޔާއަށް ވިއްކަމުންދާއިރު، އައްޑޫގެ އަމިއްލަ ކުންފުނިތަކުގެ ޝެޑުތަކުން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 24.22 ރުފިޔާއަށެވެ. އަދި ޑީސެލް ލީޓަރެއްގެ އަގު ވަނީ 31.34 ރުފިޔާއަށް އުފުލިފައެވެ.
"އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް. މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫ ސިޓީގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެއް." ކައުންސިލްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން، އައްޑޫ ސިޓީ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށް ވުމުން، ޚިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިއޫގައި ތިބެންޖެހޭ ކަމުގެ ޝަކުވާ މެދުނުކެނޑި ލިބެމުންދާކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަށް ހައްލެއް ހޯދައިދިނުމަށާއި، ކުރިންވެސް އޮތް އުސޫލުން ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރަށާއި ކަމާބަހޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިއެވެ.

ކިޔުންތެރިންގެ ހިޔާލު