އިންޑިއާގެ އިދިކޮޅު އިއްތިހާދުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ސިޓީގެ މައިގަނޑު ބޭނުމަކީ 2023 ވަނަ އަހަރު ފާސްކުރި އަންހެނުންނަށް މަޖިލީހުގެ ގޮނޑި ރިޒާވްކުރުމުގެ ގާނޫނު، ތަންފީޒުކުރުމަށް ބާރުއެޅުމެވެ.
މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ އިދިކޮޅު "އިންޑިއާ" އިއްތިހާދުގެ ލީޑަރުން ބޭއްވި ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
އިދިކޮޅު ޕާޓީތަކުން ގަބޫލުކުރާ ގޮތުގައި، އަންހެނުންނަށް 33 އިންސައްތަ ގޮނޑި ކަނޑައެޅުމަށް ހުރަސްއެޅޭ ގޮތަށް އޮތް ޝަރުތުތައް އުނިކޮށް، މިހާރު ހުރި ގޮނޑިތަކުގެ މައްޗަށް މި ގާނޫނު ހިންގަން ފަށަންޖެހެއެވެ. މީގެ ކުރިން ސަރުކާރުން ހުށަހެޅި އިސްލާހެއް މަޖިލީހުގައި ފޭލްވުމާ ގުޅިގެން، އިދިކޮޅުން ތުހުމަތުކުރަނީ ސަރުކާރުން އުޅެނީ މިކަން އޮޅުވާލައިގެން ދިގުދައްމާލުމަށް ކަމަށެވެ.
ކޮންގްރެސްގެ ރައީސް މައްލިކާރުޖުން ޚާރްގޭގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތުގައި، އަންހެނުން ބާރުވެރިކުރުވުމަކީ ހަގީގީ ބޭނުމެއް ނަމަ، އާބާދީގެ ތަފާސްހިސާބުތަކަށް ބަލައި ދާއިރާތައް ބަދަލުކުރަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި ހާއްސަކޮށް ދެކުނުގެ ސްޓޭޓްތަކުގެ ކަންބޮޑުވުންތައް ހުރި ދާއިރާ ކަނޑައެޅުމުގެ މަރުހަލާއާ މިކަން ގުޅުވުމަކީ އަންހެނުންގެ ހައްގުތަކަށް އެޅޭ ހުރަހެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.
އިދިކޮޅު އިއްތިހާދުގެ މި ސިޓީއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު