މަސްވެރިންނަށް އިތުރު ތަކުލީފަކަށް ނުވާނޭހެން، ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަރުދަނާކަމާއެކު ބަލަހައްޓަމުންދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައިވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް އެ ބުރަ ނުޖައްސާ ކަންކަން މެނޭޖުކުރުމަށް ކަމަށެވެ. އަދި ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަށަވަރުކުރާނެ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން ތެލުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކުރަމުންދާކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ބައެއް ނޫސްތަކުން ހަގީގަތާ ޚިލާފު ހެޑްލައިންތައް ހަދާއިރު، ކަން އޮތްގޮތް ރަނގަޅަށް ބައްލަވާލެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
"ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއެކު މަސްވެރިކަންވެސް އަންނަނީ މާތް الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުފަހަރު ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާނެ ކަމަށާއި، މި ދަތި ހާލަތުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ގާތުން ބަލައި، އެންމެ ރަނގަޅު ގޮތްތައް ހޯދައިދެމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އިންޑަސްޓްރީގެ ބައިވެރިންގެ މަޝްވަރާއާއެކު ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިއީ ރަނގަޅު ޚަބަރެއްނޫން. މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހައި މައްޗަށް ދިޔައިރުވެސް ދިވެހި މަސްވެރިންނަށް އެބުރަ ނުޖައްސައި ސަރުކާރުން މިއަދާ… pic.twitter.com/yGGxcMdyCe
— Ahmed Shiyam (@Shiyamaldives) April 18, 2026
"ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއެކު މަސްވެރިކަންވެސް އަންނަނީ މާތް الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުފަހަރު ފޮނުވުމުގެ މަސައްކަތްތައް ކުރެވެމުންދާނެ ކަމަށާއި، މި ދަތި ހާލަތުގައިވެސް ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ގާތުން ބަލައި، އެންމެ ރަނގަޅު ގޮތްތައް ހޯދައިދެމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އިންޑަސްޓްރީގެ ބައިވެރިންގެ މަޝްވަރާއާއެކު ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު