'ޕަފާ ފިޝް' އޭ ކިޔައި އުޅޭ މީހުން ތިބާއާ ގަޔާވާނެއެވެ. ނަމަވެސް އެއީ ވަކި ހިސާބަކަށެވެ.
އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މިހާރަކަށް އައިސް ހަޔާތުގެ ބައިވެރިއަކަށް ބޭރުގެ ގައުމުތަކުން ބައިވެރިޔަކު އިޚްތިޔާރުކުރުމަށް ތަފާތު ޑޭޓިންގ އެޕްތައް ބޭނުންކުރާ ޒުވާނުން އަދި މެދު އުމުރުގެ މީހުން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަޅުގަނޑުވެސް މީގެ ދުވަސްތަކެއް ކުރީން ޑޭޓިންގ އެޕްތައް ބޭނުންކުރީމެވެ. އެ ދުވަސްވަރު، އަޅުގަނޑާ ބައްދަލުވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނާ މެދު ކަންތައްވީ ގޮތް އެމީހުންވަނީ ކިޔައިދީފައެވެ. އެމީހުން ބުނާގޮތުގައި މަދު ފަހަރަކު ބައްދަލުވުމަށްފަހު، އެމީހަކު ކުރާ ސުވާލަކުން ނުވަތަ ބުނާ ބަހަކުން ހިތަށް ނުތަނަވަސްކަމެއް ވެރިވެއެވެ. އެކަމަކު އެއީ އެމީހަކީ ކައިވެނިކޮށްގެން އުޅޭ މީހެއްކަން ހާމަވުން ފަދަ ބޮޑު ކަމެއް ނޫނެވެ. އެހެންނަމަވެސް، މާ ބޮޑަށް ގާތްވާން އުޅޭ ކަމުގެ އިހުސާސެއް ކުރެވެނީއެވެ. ފަހަރެއްގައި މާ ދުރު މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަދެއްކުން ނުވަތަ ކައިވެނިކުރުމުގެ ވިސްނުމެއް ހުރިތޯ ސުވާލުކުރުން ފަދަ ކަންކަމެވެ. ނުވަތަ އެމީހުންގެ މިޒާޖު ކުއްލިއަކަށް ބަދަލުވެ، މާ ބޮޑަށް ލޯބިވާކަން ދައްކަން ފަށަނީއެވެ. މިފަދަ ހާލަތްތަކުގައި އަޅުގަނޑުގެ އަމަލަކަށް ވަނީ އެ ގުޅުމެއް އެ ހިސާބުން ކަނޑާލުމެވެ.
އެފަދަ ކުޑަކުޑަ ކަމަކާ ހެދި ގުޅުން ކަނޑާލުމަކީ އަބަދު މައްސަލައަކަށް ނުވެދާނެއެވެ. އެއީ އެމީހަކީ ތިމާއާ ގުޅޭ މީހެއް ނޫންކަން ގަބޫލުކުރެވޭތީ ކުރެވޭ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު މީހަކު ތިމާއާ ގާތްވާން މަސައްކަތް ކުރާއިރު، އެ ގުޅުން ކަނޑާލަން ބޭނުންވާނަމަ، ތިބާއީ 'ޕަފާ ފިޝް' (Puffer Fish) އެއް ކަމަށް ވެދާނެއެވެ. މިއީ ކަނޑުއަޑީގެ މަހެއްގެ ވާހަކައެއް ނޫނެވެ. މިއީ މީހުންނާ މާ ބޮޑަށް ގާތްވުމުން ބިރުގަނެ، އެ މީހުން ދުރަށް ފޮނުވާލާ މީހުންނަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ.
މި މަފްހޫމަކީ މަޝްހޫރު ތެރަޕިސްޓް އަދި "ވައި ޑޫ އައި ކީޕް ޑުއިންގ ދިސް؟" ފޮތުގެ މުސައްނިފު ކޭޓީ މޯޓަން އާންމުކުރި ޚިޔާލެކެވެ. މޯޓަންގެ 20 ގެ އަހަރުތަކުގައި އޭނާގެ ތެރަޕިސްޓް މިކަން ފާހަގަކުރިއެވެ. މޯޓަންގެ ގިނަ ގުޅުންތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ނިމެމުންދާތީ، އޭނާގެ ތެރަޕިސްޓް ބުންޏެވެ: "ތިބާއީ ޕަފާ ފިޝް އެކެވެ. މީހަކު މާ ބޮޑަށް ގާތްވެ، ތިމާގެ ނާޒުކުކަން (vulnerability) އިހުސާސްވާން ފެށުމުން، މުއާމަލާތް ކުރުމުގެ ބަދަލުގައި ތިބާގެ ކަށިތައް ބޭރަށް ނެރެ މީހުން ދުރަށް ފޮނުވާލަނީއެވެ."
ޕަފާ ފިޝްގެ އަމަލުތައް ހުންނަ ގޮތް:
ނިއު ޔޯކް ސިޓީގެ ތެރަޕިސްޓެއް ކަމަށްވާ ޖޫލީ ނިއުމަން ކިޔައިދޭ ގޮތުގައި، މިފަދަ މީހުންގެ ކިބައިން އެންމެ ބޮޑަށް ފެންނާނީ 'ދުރުހެލިވުން' (avoidance) އެވެ. މެސެޖުތަކަށް ޖަވާބު ނުދިނުން، ބައްދަލުކުރަން އިސްނުނެގުން ނުވަތަ އަނެކާގެ ދިރިއުޅުމުގެ ކަންކަމާ މެދު ޝައުގުވެރިކަން ފާޅުނުކުރުމަކީ މިފަދަ މީހުންގެ ކިބައިން ފެންނާނެ ކަންކަމެވެ.
މޯޓަން ބަޔާންކުރާ ގޮތުގައި، މީގެ ތެރޭގައި ކުއްލިއަކަށް މުއާމަލާތް ކަނޑާލުން (ghosting) ނުވަތަ ކަމެއް ސީރިއަސްވާން ފެށުމުން ދެބަސްވުންތައް އުފައްދައި ގުޅުން ހަލާކުކޮށްލުން ހިމެނެއެވެ. މިއީ އަސްލު އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މިއީ އިންސާނާގެ ފިތުރަތުގައިވާ 'ފައިޓް އޯ ފްލައިޓް' (fight or flight) ރެސްޕޮންސްގެ ބައެކެވެ. ތިމާއަށް ނުރައްކަލެއް ކުރިމަތިވާ ކަމުގެ އިހުސާސެއް ކުރެވުމުން، އެކަމުން ސަލާމަތްވުމަށް ކުރެވޭ އަމަލެކެވެ. މި ހާލަތުގައި ނުރައްކަލަކީ ޖަޒުބާތީ ގޮތުން މީހަކާ މާ ބޮޑަށް ގާތްވުމެވެ.
މީހަކު 'ޕަފާ ފިޝް' އަކަށް ވަނީ ކީއްވެ؟
މީގެ އެންމެ ބޮޑު ސަބަބަކީ އެމީހެއްގެ 'އެޓޭޗްމަންޓް ސްޓައިލް' ނުވަތަ މީހުންނާ ގުޅުން ބާއްވާ ގޮތެވެ. 'އެވޮއިޑަންޓް އެޓޭޗްމަންޓް' ނުވަތަ ދުރުހެލިވުމުގެ އާދަ ހުންނަ މީހުން، ރައްކާތެރިކަން ހޯދުމުގެ ގޮތުން ގުޅުންތަކުން ދުރަށް ޖެހެއެވެ.
މީގެ އިތުރުން، މާޒީގައި ކުރެވިފައިވާ ހިތްދަތި ތަޖުރިބާތަކަކީވެސް ސަބަބަކަށް ވެދާނެއެވެ. އާއިލާގެ ތެރެއިން ނުވަތަ ކުރީގެ ބައިވެރިޔެއްގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާއި، ގާތް ގުޅުންތަކަކީ ނުތަނަވަސްކަން ގެނުވައިދޭ އެއްޗެއްގެ ގޮތުގައި ދެކެވޭ މީހުން މިފަދަ އަމަލުތައް ކުރެއެވެ. ގިނަ ފަހަރަށް މިފަދަ މީހުންނަށް އަމިއްލައަށް ކުރެވެނީ ކީއްކަމެއްވެސް ނޭނގެއެވެ.
މި އާދައިން ސަލާމަތްވާނީ ކިހިނެއް؟
މި އާދަ މުޅިން ނައްތާލުމަކީ މަގްސަދެއް ނޫނެވެ. އާ މީހުންނާ ބައްދަލުވާއިރު ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، ގާތް ގުޅުމެއް ބިނާކުރަން ބޭނުންނަމަ، ތިމާގެ ވިސްނުން ބަދަލުކުރަން ޖެހެއެވެ.
1. ތިމާގެ އަމަލުތައް ހުންނަ ގޮތް ދެނެގަތުން: އެންމެ ފުރަތަމަ ކަމަކީ ތިމާއަށް މިފަދަ ކަންކަން ކުރެވޭކަން ގަބޫލުކުރުމެވެ. ތިމާގެ އިހުސާސްތަކަށް ނަމެއް ދޭށެވެ. މިފަދަ އިހުސާސެއް މީގެ ކުރިން ކުރެވުނީ ކޮން އިރަކުތޯ ވިސްނާލާށެވެ. ފަހަރެއްގައި މިއީ ކުރީގެ ވިހަ ގުޅުމެއްގެ ނުވަތަ ކުޑައިރުގެ ކަމެއްގެ ސަބަބުން ކުރެވޭ ކަމަކަށް ވެދާނެއެވެ.
2. ދުރަށް ދިއުމުގެ ބަދަލުގައި ގާތްވުން: މީހަކު ދުރަށް ފޮނުވާލަން ހިތަށް އަރާ ކޮންމެ ފަހަރަކު، އެމީހަކާ ވާހަކަދައްކަން މަސައްކަތް ކުރާށެވެ. އުނދަގޫވި ނަމަވެސް މުއާމަލާތް ކުރުމަކީ ހައްލެވެ. މޯޓަން ކިޔައިދޭ ގޮތުގައި، އޭނާގެ ފިރިމީހާ ބުނި ބަހަކުން ހިތްހަމަނުޖެހުމުން، ދުރަށް ދިއުމުގެ ބަދަލުގައި އޭނާ އެކަން ސީދާ ފިރިމީހާއަށް ކިޔައިދިނެވެ. ނަތީޖާއަކީ ފިރިމީހާ މާފަށް އެދި، އެއީ އޭނާ ގަސްތުގައި ބުނި އެއްޗެއް ނޫންކަން ހާމަވުމެވެ. މިއީ ނަފްސަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
3. އިންތައް ކަނޑައެޅުން: މީހަކާ ވާހަކަދައްކަން އުނދަގޫވާނަމަ، ތިމާގެ އިންތައް (boundaries) ސާފުކޮށް ކިޔައިދޭށެވެ. މިސާލަކަށް، ވަގުތީ ގޮތުން އެކަނި ހުންނަން ބޭނުންނަމަ، އެކަން ބައިވެރިޔާއަށް އޯގާތެރިކަމާއެކު ބުނެދޭށެވެ. އޭރުން ބައިވެރިޔާއަށް އިހުސާސް ކުރެވޭނީ ތިބާ އޭނާ ދޫކޮށްލަނީ ނޫންކަމާއި، ހަމައެކަނި ވަގުތެއް ބޭނުންވަނީ ކަމެވެ.
ތިބާގެ ބައިވެރިޔާއަކީ 'ޕަފާ ފިޝް' އެއްނަމަ ކަންތައް ކުރާނީ ކިހިނެއް؟
ބައިވެރިޔާގެ ފަރާތުން މިފަދަ ކަންކަން ފެންނަނަމަ، އޯގާތެރިކަމާއެކު މުއާމަލާތް ކުރާށެވެ. "ދެރަވެފައި ހުރީތަ؟" ފަދަ ސުވާލު ކުރުމުގެ ބަދަލުގައި، "އަހަންނަށް ފާހަގަކުރެވޭ ފަހަކަށް އައިސް ތަންކޮޅެއް ދުރުހެލިކޮށް ހުންނަކަން" ފަދަ ގޮތަކަށް ވާހަކަ ފަށާށެވެ. އެމީހުން ދޭ ޖަވާބަކަށް ބަލާފައި ތިބާގެ އިހުސާސްތައް ހިއްސާކުރާށެވެ. އެހެންނަމަވެސް، ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް އެމީހަކު ދުރަށް ޖެހޭނަމަ، އެ ގުޅުމާ މެދު އަލުން ވިސްނާލަން ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު