މިސްރުގެ ހޮސްޕިޓަލެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އުފަންވި ތުއްތު ކުއްޖެއްގެ ފޮޓޯއެއް "މި އާއިލާ ދެންވެސް!" މި ކެޕްޝަނާއެކު އެކްސް (ކުރީގެ ޓުވިޓާ) ގައި ޒޭވިއާ ނަމަކަށް ކިޔާ މީހަކު ހިއްސާކުރުމުން، އެ ފޮޓޯ ވަނީ ވަރަށް އަވަހަށް ވައިރަލްވެފައެވެ.
އެ ތުއްތު ކުއްޖާގެ މޫނުމަތިން ފެންނަ ވަރުބަލިކަމާއި، ހިތްހަމަނުޖެހިފައި ހުރި ފަދަ ކުލަވަރުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯއަށް ވަނީ ހުއްޓިފައެވެ.
މި ފޮޓޯއަށް ރައްދުދީ ގިނަ ބަޔަކު ދަނީ މަޖާ ކޮމެންޓުތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ ހިތަށް އަރާފާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ކުރީގެ ބަވަނައިގައިވެސް ހަމަ މި އާއިލާއަށް އުފަންވުމުން އެކަމާ މާޔޫސްވެފައި ހުރި ފަދަ މާނަތައް ނަގައިގެން ވާހަކަދައްކާފައިވެއެވެ.
މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އެ ތުއްތު ކުއްޖާގެ "އިންޓަރނަލް މޮނޮލޮގް" ނުވަތަ ހިތުގެ ޝުއޫރުތައް ކަމަށް ބުނެ ވަރަށް މަޖާ ލިޔުންތައް ހިއްސާކޮށްފައެވެ.
މި މަޖާ ސަކަރާތުގެ ތެރެއިން، އެހެން ބައެއް ބެލެނިވެރިންވެސް ވަނީ އެމީހުންގެ ދަރިން އުފަންވި ވަގުތު ނަގާފައިވާ މިފަދަ ތަފާތު މޫނުމަތީގެ ކުލަވަރުތައް ދައްކުވައިދޭ ފޮޓޯތައް ހިއްސާކުރަން ފަށާފައެވެ. މިއާއެކު، މި ތުރެޑް ވަނީ އެކަކު އަނެކަކަށް މަރުހަބާ ކިޔުމާއި، އުފާވެރިކަމާއި، މަޖާ ހާދިސާތަކުން ފުރިގެންވާ ތަނަކަށް ބަދަލުވެފައެވެ.
އެންމެ ފޮޓޯއަކާއި ކުޑަ ކެޕްޝަނަކުން ފެށުނު މި ކަންތައްގަނޑު މުޅި އިންޓަރނެޓުގައި މިހާރު ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު