އިގިރޭސި ވިލާތުގެ މަގުމަތީގައި އުޅޭ ކުޑަ ބުޅަލެއް ކޮންމެ ދުވަހަކުވެސް އެއް ގެއަކަށް ޒިޔާރަތްކުރަން ފެށިއެވެ. މަޑުމަޑުން އެގޭގައި ދިރިއުޅޭ އަންހެން މީހާއާ ދެމެދު ގާތް ގުޅުމެއް އުފައްދައި އެއަންހެންމީހާގެ އިތުބާރާއި ލޯބި ހޯދިއެވެ.
އެގޮތުން އެންމެ ފުރަތަމަ އެގެއަށް ޒިޔާރަތް ކުރި ދުވަސްކޮޅު އެ ބުޅާ އުޅުނީ ވަރަށް ދުރުދުރުންނެވެ. ދުވަސްތަކެއް ފަހުން އަންހެން މީހާ ދޭ ކާނާ ގަބޫލުކޮށް، އެ ގޭގައި އެސޮރު ހޭދަކުރާ ވަގުތު އިތުރުވާން ފެށިއެވެ.
ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އެއްދުވަހެއްގެ ހެނދުނު ކަންތައްތައް މުޅިން ބަދަލުވެގެން ދިޔައެވެ. އެދުވަހު ބުޅާ އައީ އާދަޔާ ހިލާފަށް އަވަހަށެވެ. އަދި ވަރަށް ކެތްތެރިކަން ކުޑަ ގޮތަކަށް ދޮރުމަތީގައި ހުރެ މިއައު ކުރަން ފެށިއެވެ. އެ އަޑު އިވުމާއެކު އެއީ އެ ބުޅާކަން އެނގި އެ ސޮރަށް ކޮންމެވެސް ކަމެއް ބޭނުންވެފައިވާކަން އިހުސާސް ކުރެވިގެން އަންހެން މީހާ ގޭގެ ދޮރު ހުޅުވައި އެ ބުޅާ ގޭތެރެއަށް ވެއްދިއެވެ.
ގޭތެރެއަށް ވަތްތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ބުޅާ އެ ގެ އިހުތިޔާރު ކުރި ސަބަބު ހާމަވެގެން ދިޔައެވެ. ރައްކާތެރި އަދި ހިތްފަސޭހަ މާހައުލެއްގައި އެ ބުޅާ ވިހައި، އޭގެ ފުރަތަމަ ދަރިފަސްކޮޅަށް މަރުހަބާ ކިޔެވެ.
ވިހެއުމަށްފަހު ފާއިތުވި ދުވަސްތަކުގައި، އެ ބުޅާ އޭގެ ކުދިންނަށް ދެމުންދިޔަ ލޯތްބާއި އަޅާލުމަކީ ބަލާލަން ހިތްގައިމު މަންޒަރެކެވެ. އާދައިގެ ޒިޔާރަތަކުން ފެށުނު މި ގުޅުން، މިއަދު ވަނީ މާ ފުން އަދި މާ މާނަވީ ގުޅުމަކަށް ބަދަލުވެފައެވެ. ގޭގެ ވެރިވަރާތުގެ އާއިލާވެސް އެބުޅަލާއި އެސޮރުގެ ދަރީންނަކީ އެ އާއިލާގެ ބައެއްކަމުގައި ދެކެންފެށިއެވެ. އެގޮތުން އެއާއިލާގެ ފަރާތުން ލޯތްބާއި އަޅާލުން އެސޮރުމެންނަށް ދިޔައީ ލިބެމުންނެވެ.
އެގެއަކީ އެ ބުޅަލާއި އޭނާގެ ދަރީންނަށް އެންމެ އެކަށީގެންވާ ރައްކާތެރި މަންޒިލެވެ. ވިހަން އެ ގެ އިހްތިޔާރު ކުރީވެސް އެގެއިން ލިބެމުންއައި ލޯތްބާއި އަޅާލުމުގެ ސަބަބުންނެވެ. މިއީ ވަގުތާއި ހާލަތަށް ބަލައި، އިތުބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފެދިގެން ދިޔަ ގޮތުގެ ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު