ދިވެހި އާއްމު ރައްޔިތުންގެ ފަރާތުން މިސަރުކާރަށް އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އާސަންދަ އަދި އެންސްޕާ ގެ ކުރީގެ ސީ.އީ.އޯ ހީނާ ވަލީދު، މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އާންމުން ރުޅިގަދަވެ ބޮޑެތި ފާޑުކިޔުންތައް އަނެއްކާވެސް ސަރުކާރަށް އަމާޒުވެއްޖެއެވެ.
ހީނާ އާސަންދައިގެ ސީ.އީ.އޯގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ތަނުގެ ހިންގުން ވަރަށް ބޮޑަށް ބޮއްސުންލައި، އާސަންދައިގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފުތަކުގެ ސަބަބުން އެތައް ޝަކުވާއެއް ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާކޮށްފައެވެ.
އޭނާއަކީ އެފަދަ ބޮޑު މުއައްސަސާއެއް ހިންގުމުގައި ނާގާބިލު ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، އަނެއްކާވެސް މިނިސްޓަރުކަމުގެ ބޮޑު މަގާމެއް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ނަމަވެސް، އާސަންދައިގެ ހިންގުމުގެ ތެރެއިން ފެނިގެންދިޔަ ނާގާބިލުކަމަށް ބެލުމެއް ނެތި، ހީނާ ފަދަ ބޭފުޅަކު މިނިސްޓަރުކަމަށް އައްޔަންކުރުމަކީ ރައީސްގެ ވައުދުފުޅާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މީގެ ސަބަބުން ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.
މި ނިންމުމާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޚާއްސަކޮށް، ސަރުކާރުގެ މުހިންމު މަގާމުތަކަށް ގާބިލު މީހުން އައްޔަންކުރުމުގެ ބަދަލުގައި، ފެއިލްވެފައިވާ މީހުންނަށް އިސްކަންދޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަދަލަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ސަރުކާރުގެ ސިޔާސީ ނިންމުންތަކަށް އާންމުންގެ ފާޑުކިޔުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

My grandma can speak better dhivehi. Doesn’t mean she’s qualified to run ministries, just like Heena Waleed isn’t qualified
— Lvtngxci (@myosldss) April 14, 2026
އޭނާއަކީ އެފަދަ ބޮޑު މުއައްސަސާއެއް ހިންގުމުގައި ނާގާބިލު ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، އަނެއްކާވެސް މިނިސްޓަރުކަމުގެ ބޮޑު މަގާމެއް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އާންމުން ދަނީ ބުނަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ސަރުކާރުގެ މަގާމުތަކަށް ބަދަލު ގެންނަވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ނަމަވެސް، އާސަންދައިގެ ހިންގުމުގެ ތެރެއިން ފެނިގެންދިޔަ ނާގާބިލުކަމަށް ބެލުމެއް ނެތި، ހީނާ ފަދަ ބޭފުޅަކު މިނިސްޓަރުކަމަށް އައްޔަންކުރުމަކީ ރައީސްގެ ވައުދުފުޅާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
heena waleed ge naqabil kamah mi libuny kuri erumeh dhehtho.. seedha rayyithunaa gulhey kan kamuga ihmaal v ma ekamah ves mi dhenee ithuru kuri erun.. rayyithun isthiufaa ah goveema emeehaa nagaa mi beyndhee cabinet ga.. dhen qaum hingan kon islaaheh geneveyny..
— ShabeenHassan™🇮🇹🏆🏅 (@BloodyyLycann) April 14, 2026
މީގެ ސަބަބުން ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.
މި ނިންމުމާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޚާއްސަކޮށް، ސަރުކާރުގެ މުހިންމު މަގާމުތަކަށް ގާބިލު މީހުން އައްޔަންކުރުމުގެ ބަދަލުގައި، ފެއިލްވެފައިވާ މީހުންނަށް އިސްކަންދޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަދަލަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ސަރުކާރުގެ ސިޔާސީ ނިންމުންތަކަށް އާންމުންގެ ފާޑުކިޔުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

AUS
MAR
HAI
ކިޔުންތެރިންގެ ހިޔާލު