އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން މައުލޫމާތު ދެއްވާ ގޮތުގައި، "ޑައިލޮގް ފޯ އަ ޝެއާޑް ފިއުޗާ: ބިލްޑިން ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގެ ފުރަތަމަ ދުވަހު މިނިސްޓަރު ހީނާ ވަލީދު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމަކީ ތަފާތު ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާތައް ބަދަހިކޮށް، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި، ސަގާފީ ދާއިރާގެ މާހިރުން، އިލްމީ ބޭފުޅުން، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން އެއް ޕްލެޓްފޯމަކުން ބައްދަލުވާ މުހިންމު ހަރަކާތެކެވެ.
މީގެއިތުރުން، މި ފޯރަމްގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ހާއްސަ ޖޮއިންޓް ސެޝަންގައިވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވުމަށް ހަމަޖެހިފައިވަނީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ އެކަހެރިކަމުގެ އިތުރުން އާ ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަމަލީ ހައްލުތަކެއް ހޯދުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.
މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މައިދާނެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ރަން ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު