ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީ އަދި ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ބޭނުން ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވެފައިވަނީ، މި ސަރުކާރަކީ ކޮރަޕްޓް ފެއިލްވެފައިވާ ސަރުކާރެއްގެ ގޮތުގައި ސިފަކޮށް މީސްމީޑިއާގައި ޙިއްސާ ކޮށްފައިވާ މެސެޖެއްގައެވެ. އެގޮތުން އައްބާސް ވިދާޅުވީ، މި ދައުރުގެ ބާކީއޮތް މުއްދަތުގައި ސަރުކާރު ނަގާ ކޮޅަށް ޖެހުމަކީ މިހާރު ނާދިރު ކަމެއް ކަމަށެވެ. އަދި މި ސަރުކާރާއި ރައީސް މުޢިއްޒު ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބޮޑެތި ގޯސްތައް ހައްދަވާނެ ކަމީ މިހާރު ޔަޤީންވެފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އައްބާސް ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީ އަދި ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުން ކޮށްގެން ކަމަށެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް ސަރުކާރުން ހިމާޔަތާއި ރައްކާތެރިކަން ދީގެން، ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާއިރު އެ މަންޒަރު ބަލަން ހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ، މަގާމުން ވަކިކުރަންދެންވެސް މި ވާހަކަތައް ހުއްޓާނުލާ ދައްކަވާނެ ކަމަށާއި، ކޮންމެ ދުވަހަކުވެސް މި ޝަކުވާތަކުގެ އަޑު އުފުލާނެ ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތުތައް އައްބާސް ކުރަށްވާފައިވާއިރު، އެސްއޯއީތައް މެދުވެރިކޮށް މަސައްކަތް ނުކުރާ ސިޔާސީ މީހުންނަށް މުސާރަދޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ހަމަހަމަ ފުރުސަތާއި ވަޒީފާ ދިނުމުގައި ތަފާތު ކުރުން ނެތުމުގެ ހައްގުގެ ދަށުން، ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ވަޒީފާ ދިނުމަކީ ގާނޫނީ ގޮތުން ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަށްވަމުންނެވެ.

ދެން މިވެރިކަން ނަގާ ކޮޅަށް ޖެހުމަކީ ވަރަށް ނަދިރުކަމެއް..އިތުރަށް ބޮޑުތަނުން ގޯސް ހައްދަވާނެކަމީ މިހާރު ޔަޤީންކަމެއް..ރައްޔިތުންގެ ފައިސާއިން ވައްކަން ކުރީ މިނިސްޓްރީތަކެއް ނޫން..ރައްޔިތުންގެ ފައިސާއިން ވައްކަން ކުރީ ވައްކަން ކުރަމުން ދަނީ ކުންފުނިތަކުން..ކުންފުނިތަކުގެ…
— Mohamed Abbas (@Abbasvelidhoo) April 14, 2026
ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތުތައް އައްބާސް ކުރަށްވާފައިވާއިރު، އެސްއޯއީތައް މެދުވެރިކޮށް މަސައްކަތް ނުކުރާ ސިޔާސީ މީހުންނަށް މުސާރަދޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކަށަވަރު ކޮށްދޭ ހަމަހަމަ ފުރުސަތާއި ވަޒީފާ ދިނުމުގައި ތަފާތު ކުރުން ނެތުމުގެ ހައްގުގެ ދަށުން، ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ވަޒީފާ ދިނުމަކީ ގާނޫނީ ގޮތުން ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު