އައްޑޫ ސިޓީގެ ލިންކް ރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރިތާ ދޮޅު އަހަރު ވެގެންދިޔައިރުވެސް، އެ މަސައްކަތް ކުރިއަށް ނުދާކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު މިފަދައިން ރައްދު ދެއްވާފައިވަނީ، އައްޑޫގެ މަގުތައް ބެލެހެއްޓުމުގައި ކައުންސިލް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި މިއަދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
މިނިސްޓަރު މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ގްރާންޓުގެ ގޮތުގައި ދޭއިރު، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ބައްދާލެވޭނެ މެކޭނިޒަމެއް ނެތް ނަމަ، ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދުދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ލިންކް ރޯޑުގެ އެއްވެސް ހަގީގަތެއް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން އެ މަގު މަރާމާތު ކުރަން ނަމެއްގައި އާރުޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރު ވެފައިވާ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެ ކުންފުނިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.
"މިނިސްޓަރު މަޖިލީހުގައި އައްޑޫ ސިޓީ ކައުންސިލްއޭ ވިދާޅުވެ ވާހަކަދެއްކެވީ މިތަނުގެ ހާލަތު އެނގިވަޑައިގެންހުރެތޯ؟ ނުވެސް އެނގޭނެ މިތަނުގެ އެއްވެސް ކަމެއް އެބޭފުޅާއަށް،" ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލަށް ދޭ ގްރާންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އެ ފައިސާއަކީ މުވައްޒަފުންގެ މުސާރަ ދިނުމަށްވެސް ފުދޭ މިންވަރެއް ނޫން ކަމަށެވެ. އައްޑޫގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދަނީ ކައުންސިލުން އަމިއްލައަށް އާމްދަނީ ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބާއި މޭޔަރު ނިޒާރާއި ދެމެދު ބަހުގެ ޙަމަލާތަކެއް ބަދަލު ކުރަށްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. އަދި އަންނަ 5 އަހަރަށްވެސް އައްޑޫ ރައްޔިތުން އިންތިޚާބު ކޮށްފައިވަނީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.

ކިޔުންތެރިންގެ ހިޔާލު