މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ ގޮތްދޫނުކުރުމުގެ ރޫޙު އަށަގެންފައިވާ އޮއިވަރުން އަރައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިވަގުތު އޮތް އެންމެ ފައިދާހުރި ގޮތަކީ "ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް" އެކުލަވައިލުން ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.
ޤައުމުގެ މަސްލަޙަތު އިސްކޮށް، ހުރިހާ ސިޔާސީ ފިކުރުތަކެއް ބައިވެރިވާ ސަރުކާރެއް އުފެއްދުމަކީ ދައުލަތް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ރައްޔިތުންގެ މެދުގައި އޮތް ބައިބައިވުން ކުޑަކުރުމަށް އޮތް އެންމެ އުންމީދީ މަގުކަމުގައި އެބައިމީހުން ދެކެއެވެ.
މިފަދަ ސަރުކާރެއް އެކުލަވައިލުމުން، ތަފާތު ސިޔާސީ ޕާޓީތަކުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ލިބިގެންދާނެއެވެ. މީގެ ސަބަބުން، މަޖިލިސް ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ސިޔާސީ ހުރަސްތައް ނައްތާލައި، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އެޅުމުގައި މުޅި ޤައުމުގެ އެއްބާރުލުން ރައީސް މުޢިއްޒަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ވަކި ފިކުރަކަށް ނުބަލައި، ޤާބިލް ފަރާތްތަކަށް ސަރުކާރުގެ މުހިންމު މަޤާމުތައް ދިނުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބުއްދިވެރި ނިންމުން ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ބޭރުގެ އެހީތެރިކަން ހޯދުމަށް ވެސް މަގުފަހިވެގެންދާނެއެވެ.
ސިޔާސީ ހަމަނުޖެހުންތަކަށް ނިމުމެއް އައިސް، ޤައުމުގެ ކުރިއެރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ފެށުމަކީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހޯއްދެވޭނެ އެންމެ ބޮޑު ކާމިޔާބީއަށް ވެގެންދާނެއެވެ.
އެހެންކަމުން، ޒާތީ ތަޢައްޞުބުން އެއްކިބާވެ، ހުރިހާ ޕާޓީތަކަކަށް ދައުވަތު ދީގެން ސަރުކާރު ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރާއްޖޭގެ މަސްރަޙް ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.

Cabinet ge ma’chah Raeesul Jumhooriyya ge ithubaaru gehlijje. Raeesul Jumhooriyyaage ma’chah rayyithunge ithubaaru gehlijje.
— Mohamed Nasheed (@MohamedNasheed) April 14, 2026
Midhandivalhu hanguraamaige neydhevey asaru Raajjeyge iqthisoadhah bodukoh kuran fashaifi. Veemaa beynun jehifavaa asaasee, oniganduge islaahuthah…
މިފަދަ ސަރުކާރެއް އެކުލަވައިލުމުން، ތަފާތު ސިޔާސީ ޕާޓީތަކުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ލިބިގެންދާނެއެވެ. މީގެ ސަބަބުން، މަޖިލިސް ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ސިޔާސީ ހުރަސްތައް ނައްތާލައި، އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އެޅުމުގައި މުޅި ޤައުމުގެ އެއްބާރުލުން ރައީސް މުޢިއްޒަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ވަކި ފިކުރަކަށް ނުބަލައި، ޤާބިލް ފަރާތްތަކަށް ސަރުކާރުގެ މުހިންމު މަޤާމުތައް ދިނުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ބުއްދިވެރި ނިންމުން ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ބޭރުގެ އެހީތެރިކަން ހޯދުމަށް ވެސް މަގުފަހިވެގެންދާނެއެވެ.
ސިޔާސީ ހަމަނުޖެހުންތަކަށް ނިމުމެއް އައިސް، ޤައުމުގެ ކުރިއެރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ފެށުމަކީ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހޯއްދެވޭނެ އެންމެ ބޮޑު ކާމިޔާބީއަށް ވެގެންދާނެއެވެ.
އެހެންކަމުން، ޒާތީ ތަޢައްޞުބުން އެއްކިބާވެ، ހުރިހާ ޕާޓީތަކަކަށް ދައުވަތު ދީގެން ސަރުކާރު ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަކީ މިވަގުތަށް އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރާއްޖޭގެ މަސްރަޙް ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު