ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށް ފަލަސްތީނުގެ ދެ މީހެއްގެ ހަށިގަނޑާއި އަނިޔާވި އަށް މީހަކު ގެނެސްފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ބުނެފިއެވެ.
އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72,329 އަށް އަރާފައެވެ.
އަދި މިހާތަނަށް 172,192 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، އަލަށް ގެނެވުނު ދެ ހަށިގަނޑުގެ ތެރެއިން އެކަކީ އަލަށް ރިޕޯޓްކުރެވުނު މަރެކެވެ. އަދި އަނެއް މީހަކީ އިމާރާތްތަކުގެ ކުނިބުނީގެ ދަށުން ފެނުނު މީހެކެވެ.
ނަމަވެސް އެ މީހުން މަރުވާން ދިމާވި ސީދާ ސަބަބުތަކުގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލު ސިފައިން ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށާއި، ބަޑީގެ ހަމަލާތަކާއި ބޮން އެޅުމުގެ ސަބަބުން އިތުރު މީހުން މަރުވެ އަނިޔާވަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުވެސް މަދުވެގެން 750 މީހުން ޝަހީދުވެ، 2,090 މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ވީރާނާވެފައިވާ ތަންތަނުގެ ދަށުން 760 މީހެއްގެ ހަށިގަނޑު ވަނީ ނެރެފައެވެ.
ދެ އަހަރު ދުވަހުގެ މެދުނުކެނޑި ކުރި ހަނގުރާމައަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗާގެ 90އިންސައްތަ ވަނީ މުޅިން ސުންނާފަތިވެފައެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ޣައްޒާ އަލުން އާބާދުކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ހޭދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު