"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި، ގއ. އަތޮޅުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުއެވެ. މި މައްސަލައަކީ 2026 ޖެނުއަރި 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ހަތަރު މީހުންނަކީވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުންނެވެ. އެއީ ޝައްފާޙް ލަޠީފް (28އ)، ޝެވޯނާ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ)، އައިޒަން / ގއ. ވިލިނގިލި އަދި ނޫރުއްނިޡާމް (35އ)، އަރާއިރުގެ / ގއ. ވިލިނގިއްޔެވެ.
މި ހަތަރު މީހުންނަކީވެސް "އޮޕަރޭޝަން އަލިމަގު" ގައި ހައްޔަރު ކުރެވުނު މީހުންނެވެ. މި މައްސަލައިގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، ހައްޔަރު ކުރެވުނު އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ކުރިން އަމުރުކޮށްފައެވެ.
މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މި އޮޕަރޭޝަނަކީ ރާއްޖޭގައި ހިންގާ ބޮޑެތި ކުށްތަކާއި ދެކޮޅަށް ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި މައްސަލާގައި ހިމެނޭބައެއްް މީހުންގެ މައްސަލަތައް މިހާރު ވަނީ ތަހުގީގު މަރުހަލާ ނިންމައި، ޝަރީއަތުގެ މަރުހަލާ ފެށުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު