ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، ހަތަރު އުޅަނދަކާއި އައިސްޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް އެނދި ހާދިސާގައި، އަނިޔާވި ދެމީހުންގެ ތެރެއިން ބަންގްލަދޭޝްމީހާ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ފ. ފީއަލީ ބަނދަރު ސަރަހައްދުގައި ހިނގި މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 09:30 ހާއިރު ކަމަށެވެ. ޙާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ ފަޔާ ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހެނދުނު 10:35 ގައި ވަނީ އަލިފާން ނިއްވާލާފައެވެ.
ފީއަލީ ކައުންސިލުން ބުނީ، ތެޔޮ ބޯޓްގައި ރޯވި އަލިފާން ފެތުރި ފާނަ މަސްވެރިކަން ކުރާ ބޮޑު ދެ ދޯންޏަކާއި ކުޑަ ދޯންޏެއް ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. ހަމައެއާއެކު، ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓް ވެސް، ހުރިހާ ސާމާނަކާ އެކު، އަނދައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މި ޙާދިސާގައި ކަންނެލި ދޯންޏަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާގައި ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތަކު ފިހިގެން ފ. ފީއަލީ ސިއްހީ މަރުކަޒުގައި ވަގުތުން ފަރުވާ ދޭން ފެށި ނަމަވެސް، ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްވުމާ ގުޅިގެން ސީ-އެމްބިއުލާންސްގައި ވަނީ މާލެ ގެނެސްފައެވެ. އަދި ހާލު ސީރިއަސް ބަންގްލަދޭޝް މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި ސަބަބު ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު