ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށްދީ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވުމަށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ. މިއީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ 17، 2025 ގައެވެ. މައްސަލައިގެ 2 ވަނަ އަޑުއެހުން މި ބާއްވަނީ ފުރަތަމަ އަޑުއެހުމަށް 421 ދުވަސް ވީ ފަހުންނެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވައި، ސުޕްރީމް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތްތަކުގެ ހުށަހެޅުންތަކަށް ރިއާޔަތްކުރުމަށް ފަހު، މައްސަލަ ކުރިއަށް ގެންދިޔުމަށް ނިންމަވައިފައެވެ.
ފުރަތަމަ އަޑުއެހުމަށް ފަހު ފާއިތުވި މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރެވުނީ، ހަމަ މި މައްސަލަ ކުރިއަށްދަނިކޮށް، ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅައި، އެ ހުށަހެޅުމާ ގުޅޭ އަޑުއެހުން ފެށުމަށް ކުޑަ ވަގުތެއް ކުރިންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ޖިނާއީ ތަހުގީގެއް ކުރިއަށްދާ ކަމަށް ބުނެ، ތަހުގީގު ހިންގަމުންދިޔައީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އޭސީސީ އިން އެ މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާޙް ގެނެސްފައެވެ. ނަމަވެސް، އަވަސް އަރުވާލައިގެން އެންމެ 48 ގަޑިއިރު ތެރޭގައި ފާސްކުރި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރަށްވައެވެ.
ފަހުން، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކޮށް، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވައިފައެވެ. ހުސްނުއްސުއޫދު ވިދާޅުވީ، ވަކި ގޮތަކަށް ދުސްތޫރީ މައްސަލަ ނިންމުމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ދިޔުމުން، އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާ އެކު، ގާނޫނުއަސާސީގެ ފަސް މާއްދާއަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރެއިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލާ އެކު، އިންތިހާބުވާ މެންބަރަކު ހިދުމަތްކުރާ ދައުރުގެ ތެރޭގައި، ވާދަކޮށް ހޮވިވަޑައިގެންނެވި ޕާޓީ ދޫކޮށް އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅިފައިވެ އެވެ.
ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ރައްޔިތުންގެ ކިބައިގައި ދެމި ހުންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ ކަނޑައަޅާ އަސާސާ ހިލާފު ބަދަލެއް ކަމަށެވެ. ހަމައެހެންމެ، ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ހިންގަންވާނީ ގާނޫނުއަސާސީ ތަންދޭ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބަޔާންކުރާ ހަމައާ ވެސް ފުށުއަރާ ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ލިބިފައިވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނަންވާނެ ކަމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ ކަނޑައަޅާ ދުސްތޫރީ ހަމައާ ވެސް ހިލާފު ކަމަށެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް އެ ބަދަލު ފުށުއަރާ ކަމަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެ، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ ބާރާ ދެމެދު ހިފެހެއްޓިފައި ހުންނަންޖެހޭ ވަކިވެ ތިބުމުގެ ރޮނގު ފުހެވިގެންދާނެ ކަމަށް ވެސް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިވަޑައިގެންފައިވެ އެވެ. ފުރަތަމައީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ދެވަނަ ކަމަކީ، ބަދަލަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެ ބަދަލު ހިނގާނެ ބަދަލެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.
މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި މިވަނީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލަށް ރައްޔިތުންގެ 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނެފައިވާ ދަނޑިވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު