ސެރެބްރަލް ޕަލްސީ ތަހައްމަލް ކުރަމުންދިޔަ އުމުރުން އެންމެ ހަ އަހަރުގެ އަޒާން، ފީޑިންގ ޓިއުބެއް ނުލިބިގެން ނިޔާވި ހިތާމަވެރި މައްސަލައިގައި ދައުލަތުގެ އިހުމާލެއް އޮތްތޯ ސުވާލުކުރުމުން، ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ވަނީ އެކަމަށް ސީދާ ޖަވާބެއް ދެއްވަން އުޒުރުވެރިވެވަޑައިގެންފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ބަލިމީހަކު ވަކި ސަބަބަކާ ހުރެ ނިޔާވިކަން މީޑިއާގައި ހާމަކުރުމަކީ ސިއްހީ ދާއިރާގައި އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށާއި، އެފަދަ ތަފްސީލީ މައުލޫމާތުތަކަކީ މީޑިއާ ފޯރަމެއްގައި ދެއްކުން އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
ނަމަވެސް، މައްސަލައިގެ މައުލޫމާތު އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށާއި، ހިދުމަތްތައް އިސްލާހު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތަކަށް ބަލާއިރު، އަޒާން ނިޔާވުމުގެ ކުރިން އޭނާއަށް ބޭނުންވާ ފީޑިންގ ޓިއުބެއް ހޯދުމަށް އާއިލާއިން އަށް މަސް ދުވަސް ވަންދެން މުއައްސަސާތަކުގެ ދޮރުގައި ޓަކިޖެހިއެވެ. އައިޖީއެމްއެޗްގެ ސްޓޮކް ހުސްވެފައި ހުރުމާއި، އެސްޓީއޯ އަދި އެހެން ފާމަސީތަކުންވެސް އެ ހޯދޭނެ މަގެއް ނެތުމުން އާއިލާ ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ.
ބޭރު ގައުމުތަކުން އަގުހެޔޮކޮށް ލިބެން ހުންނަ މި ޓިއުބް، ރާއްޖޭގައި ބޮޑު އަގުގައި ވިއްކަމުން ދިޔައިރުވެސް، އެންސްޕާއާއި އެހެނިހެން އިދާރާތަކުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބި އުޅެނިކޮށް، އެންމެ ފަހުން އެ ތުއްތު ފުރާނަ ވަނީ ވަކިވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު