ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ގުޅުންތަކަކީ އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުންދާ ކަންކަމެވެ. ނަމަވެސް، އަބަދުވެސް އަޅުގަނޑުމެންގެ ވަށައިގެން އުޅޭ މީހުންގެ ތެރޭގައި، ދިރިއުޅުން ދަތިކޮށްލާ ނުވަތަ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ފަދަ މީހުން ތިބެއެވެ. މިފަދަ މީހުން ދިރިއުޅުމުން ދުރުކޮށްލުމަކީ އުނދަގޫ ކަމަކަށް ވާތީ، ގިނަ ފަހަރަށް އެ މީހުންގެ އުނދަގޫތަކަށް ކެތްކޮށްގެން އަޅުގަނޑުމެން ތިބެނީއެވެ.
ނަމަވެސް، ދާދިފަހުން ކުރެވުނު ދިރާސާއަކުން މިވަނީ މިކަމާ މެދު ސަމާލުވާންޖެހޭ ފަދަ ހަގީގަތްތަކެއް ހާމަކޮށްފައެވެ. އެއީ، ތިބާގެ ދިރިއުޅުން ދަތިކުރާ މީހުންގެ ސަބަބުން، ތިބާގެ ހަޔާތުން އަގުހުރި އަހަރުތަކެއް އުނިވަމުންދާ ކަމެވެ. "ޕީ.އެން.އޭ.އެސް" (PNAS) މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، މިފަދަ "އުނދަގޫކުރާ" މީހުންގެ ސަބަބުން އިންސާނާގެ ބަޔޮލޮޖިކަލް އުމުރަށް (biological age) ނުވަތަ ހަށިގަނޑުގެ ސެލްތަކުގެ އުމުރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
އަބަދުވެސް ހަމައެކަނި ލޯތްބާއި އަޅާލުންދޭ މީހުންގެ ތެރޭގައި ދިރިއުޅުމަކީ އެއްވެސް މީހަކަށް ވާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، މި ދިރާސާއިން އެނގިގެންދިޔައީ، ބައެއް މީހުންގެ ސަބަބުން ހަމައެކަނި ނަފްސާނީ ގޮތުން ނޫންކަން، ޖިސްމާނީ ގޮތުންވެސް ތިބާ ދަށަށްދާ ކަމެވެ.
ގުޅުންތަކުން ސިއްހަތަށް ކުރާ އަސަރު: ދިރާސާގެ ހޯދުންތައް:
މި ދިރާސާގައި އުމުރުން 18 އަހަރާއި 104 އަހަރާ ދެމެދުގެ 2,345 މީހުން ބައިވެރިކޮށް، އެމީހުންގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެވުނެވެ. މީގެ ތެރޭގައި އެންމެ ގާތް މީހުންނާއި، ޚާއްޞަ ކަންކަމުގައި މަޝްވަރާކުރާ މީހުންނާއި، އަދި އެންމެ ބޮޑަށް އުނދަގޫކުރާ ނުވަތަ މައްސަލަ ޖައްސާ މީހުން ހިމެނެއެވެ.
އޭގެ ފަހުން، މި މީހުންގެ ކުޅުގެ ސާމްޕަލް ނަގައި، ޑީ.އެން.އޭ (DNA) ގައި ހުންނަ ކެމިކަލް މާކަރުތައް މެދުވެރިކޮށް އެމީހުންގެ ބަޔޮލޮޖިކަލް އުމުރު ބަލާފައިވެއެވެ. ނަތީޖާއިން ދެއްކި ގޮތުގައި، ދިރިއުޅުމުގައި އުނދަގޫކުރާ ކޮންމެ މީހަކީ އެމީހެއްގެ ބަޔޮލޮޖިކަލް އުމުރު ގާތްގަނޑަކަށް %1.5 އަވަސްކޮށްދޭ މީހެކެވެ. މިއީ އާންމު އުމުރަށްވުރެ ގާތްގަނޑަކަށް 9 މަސް ދުވަސް އިތުރަށް މުސްކުޅިވުމެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ސެލްތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާ ކަމެވެ. އަދި ދެމަފިރިންގެ ދެމެދުގައި އުފެދޭ ހިތްހަމަނުޖެހުންތަކަށްވުރެ، އާއިލީ މީހުންނާއި ރައްޓެހިންގެ ފަރާތުން ލިބޭ އުނދަގޫތަކުގެ އަސަރު މާ ބޮޑުކަން ފާހަގަކުރެވުނެވެ.
ނުތަނަވަސް ގުޅުންތަކުން ހަށިގަނޑަށް މިހާ ބޮޑު އަސަރެއް ކުރަނީ ކީއްވެ؟
ނިއުޔޯކް ޔުނިވަރސިޓީގެ ސޯޝިއޮލޮޖީ ޕްރޮފެސަރ، ޑރ. ބްޔުންކިޔު ލީ ވިދާޅުވާ ގޮތުގައި، މިފަދަ އުނދަގޫ ގުޅުންތަކުގެ ސަބަބުން މީހާއަށް ދާއިމީ ނުތަނަވަސްކަން (chronic stress) ކުރިމަތިވެއެވެ. މީގެ ސަބަބުން ހަށިގަނޑުން 'ކޯޓިސޯލް' (cortisol) ކިޔާ ހޯރމޯނެއް ދޫކުރަން ފަށައެވެ. މިއީ ހަށިގަނޑު ދުޅަވުމަށާއި (inflammation) ތަފާތު ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
މިފަދަ މީހުންނަކީ ހަމައެކަނި ނަފްސާނީ ގޮތުން ދިރިއުޅުން އުނދަގޫކުރާ ބައެއް ނޫނެވެ. އެމީހުންގެ ސަބަބުން ހަށިގަނޑުގެ ސެލްތަކުގެ ފެންވަރުގައި މުސްކުޅިވުން އަވަސްވެ، ހާސްކަމާއި، މާޔޫސްކަމާއި، އަދި ދާއިމީ ބަލިތަކަށް މަގުފަހިވެގެންދެއެވެ.
ދިރިއުޅުމުގެ ގުޅުންތައް މެނޭޖްކުރާނީ ކިހިނެއް؟
ބައެއް ގުޅުންތަކަކީ ދިރިއުޅުމުން އެއްކޮށް ކަނޑާލަން ފަސޭހަ ގުޅުންތަކަކަށް ވިޔަސް (މިސާލަކަށް ބައެއް ރައްޓެހިން)، އާއިލީ މީހުންނާއި އެކުގައި މަސައްކަތްކުރާ މީހުންނަކީ ދުރުކޮށްލަން އުނދަގޫ ބައެކެވެ. މިފަދަ ހާލަތްތަކުގައި ތަޖުރިބާކާރުން ދެއްވާ އިރުޝާދަކީ:
1. ތިމާގެ ރައްދު ބަދަލުކުރުން: އެހެން މީހުން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، އެމީހުން ކުރާ ކަންތައްތަކާ މެދު ތިމާ ދެކޭ ގޮތާއި، އެކަމަށް ރައްދުދޭ ގޮތް ބަދަލުކުރެވިދާނެއެވެ.
2. އިންތައް ކަނޑައެޅުން (Setting Boundaries): ތިމާގެ ވަށައިގެން ރައްކާތެރި އިންތަކެއް ގާއިމުކުރާށެވެ. ބައެއް މީހުންގެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިނުމާއި، އެމީހުންނާ އެކު ހޭދަކުރާ ވަގުތު މަދުކުރުމަކީ ކުރެވިދާނެ ކަމެކެވެ.
3. އިތުރު ގުޅުންތައް އާލާކުރުން: އުނދަގޫކުރާ މީހުންނަށް ކުރާ ސަމާލުކަން ކުޑަކުރުމަށްޓަކައި، އިތުރު ރަނގަޅު ގުޅުންތައް އުފައްދައި، އެހެން މީހުންނާ އެކު ވަގުތު ހޭދަކުރާށެވެ.
4. އަމިއްލަ ނަފްސަށް ވަގުތު ދިނުން: ނޭވާލާ ކަސްރަތުތަކާއި، ކަސްރަތު ކުރުމަކީ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
އެންމެ ފަހު ކަމަކަށް، ތަޖުރިބާކާރުން ބާރުއަޅުއްވަނީ "އިޖުތިމާއީ ސިއްހަތަކީ ހަގީގީ ސިއްހަތު" ކަމުގައި ދެކުމަށެވެ. ތިބާގެ ދިރިއުޅުމުގެ ގުޅުންތަކަކީ ތިބާގެ ސިއްހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށްވާއިރު، އަމިއްލަ ސިއްހަތަށް އިސްކަންދިނުމަކީ އެންމެ މުހިންމު ކަންތަކެވެ.
މިއީ ތިބާގެ ދިރިއުޅުމުގެ ގުޅުންތަކުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

ކިޔުންތެރިންގެ ހިޔާލު