ހުޅުމާލޭގައި ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ އުމުރުން 23 އަހަރުގެ އަނީސުއްރަޙްމާން އާއި، 38 އަހަރުގެ އެމް.ޑީ ރޯމާން މިއާގެ އިތުރުން 42 އަހަރުގެ އެމް.ޑީ ކަމާލް މިއާއެވެ.
ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ރަށު މާރުކެޓް ސަރަހައްދުން މި ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުންގެ އަތުން 37 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ތިން މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ބަނގުރަލާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ މާލެ ސަރަހައްދުގައި ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު