ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުމަށް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 12:45 އަށެވެ.
މެންބަރު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅީ، އޭނާ އާއި އިތުރު ބަޔަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކި މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ. މި މައްސަލައިގައި ހިތަދޫ ކޯޓުން އޮކްޓޯބަރު 2024 ގައި ހުކުމްކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާ ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށެވެ. އެ ހުކުމް އިއްވާފައި ވަނީ ސިނާނުގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލައިގެ އަޑުއެހުންތަކުގައި ސިނާނުގެ ވަކީލު ވިދާޅުވީ، އެފަދަ ހުކުމެއް އޮތްކަން ސިނާނަށް އެނގުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްއައިބީން ތަންފީޒީ މައްސަލަ ހުށަހެޅުމުން ކަމަށެވެ. އަދި އެކަން އެނގުމާއެކު ބޭންކާއެކު އެއްބަސްވުމަކަށް އައިސް ފައިސާ ދައްކަމުންދާ ކަމަށް ދިފާއުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ހިތަދޫ ކޯޓުން ހުކުމް ކުރި ދުވަހު އެމްއައިބީން ވައިބާ މެދުވެރިކޮށް ސިނާނަށް ހުކުމް ފޮނުވި ކަމަށާއި، އެ މެސެޖަށް "ގޮޓް ތެންކް ޔޫ" ޖަހައި ސިނާނު ރިޕްލައިކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ކޯޓުގައި ވިދާޅުވީ، ހުކުމް އެނގިފައި ނެތުމަކީ ގާނޫނީ ގޮތުން ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މެންބަރުކަމުގެ ޝަރުތު އުނިވާނެ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
ޖުލައި މަހު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އަންނަ އާދީއްތަ ދުވަހު ކުރާ ހުކުމުން ސިނާނާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ، އޭނާ ވެގެންދާނީ ސާބިތު ދަރަންޏެއްގެ މައްސަލައިގައި ގޮނޑި ގެއްލޭ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ މެންބަރަށެވެ. މީގެ ކުރިން މިފަދަ މައްސަލައެއްގައި ގޮނޑި ގެއްލިފައި ވަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެއެވެ.

ކިޔުންތެރިންގެ ހިޔާލު