މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447″ގެ ނަސީބުވެރި ފަރާތް މިއަދު އިޢުލާނުކޮށްފިއެވެ.
މި ކުއިޒުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 11:35 ގައެވެ. ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަގުތުން ދެއްކި މި އިވެންޓުގައި ގުރުއަތު ނަންގަވައިދެއްވީ އިވެންޓުގެ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީޢާ އެންޑް އެޑްވައިޒަރީ ބޯޑުގެ ޗެއަރޕަރސަން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއަރޒް އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ކުއިޒަކީ އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚާއްޞަކޮށް ޒަކާތާ ގުޅޭ މަޢުލޫމާތު ފެތުރުމުގެ މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސުވާލެއްގެ މަގުން ޖުމްލަ 30 ސުވާލު ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހުށަހެޅި މި ކުއިޒަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން 5,000 އަށް ވުރެ ގިނަ މީހުން މި ކުއިޒުގައި ބައިވެރިވެފައިވާ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.
ކުއިޒުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ހުށަހެޅި ހުރިހައި ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126 ބައިވެރީން ވަނީ ފައިނަލް ގުރުއަތަށް ހޮވިފައެވެ.
މި އަހަރުގެ ކުއިޒުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ، ދެ މީހުންގެ އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އދ. މަހިބަދޫ، އަތަމާގެ، ފާޠިމަތު މަޢާލް އަޙްމަދެވެ. ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތު އަންނަ ހަފުތާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޒަކާތު ހައުސްއިން އަންނަނީ ޒަކާތާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މިފަދަ ތަފާތު ހަރަކާތްތައް މެދުނުކެނޑި ހިންގަމުންނެވެ. އެގޮތުން މިފަދަ މުބާރާތްތަކަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ޒަކާތުގެ މުހިންމުކަން އާންމުންގެ ހިތްތަކުގައި އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު