ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އޭނާގެ ކާމިޔާބު ދަތުރުގެ ތަޖުރިބާތައް ބޮލީވުޑްގެ މަޝްހޫރު ފަންނާނު މަލައިކާ އަރޯރާ ހިއްސާކޮށްފިއެވެ.
ދާދިފަހުން "މޭޖޯއީ" ގެ ނަމުގައި އާ ފެޝަން ބްރޭންޑެއް ތައާރަފުކުރުމާ ގުޅިގެން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި މަލައިކާ ވަނީ ވިޔަފާރީގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި އޭނާގެ ފަލްސަފާއާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ފިލްމީ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، ރެސްޓޯރެންޓް ވިޔަފާރިއާއި ފެޝަންގެ ދާއިރާއަށް ވަނުމަކީ ކުރިން ރާވައިގެން ކުރި ކަމެއް ނޫން ކަމަށް މަލައިކާ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ އޭނާ އެންމެ ލޯބިވާ ކަންތައްތައް ކަމަށްވާ ކާބޯތަކެއްޗާއި، ފިޓްނަސް އަދި ފެޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުގެ ނަތީޖާއެވެ. މަލައިކާ މިހާރު އަންނަނީ މުމްބާއީގެ ޖޫހޫ، ބަންދްރާ އަދި ހާރުގައި ތިން ރެސްޓޯރެންޓެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.
ވިޔަފާރިއެއް ފަށާއިރު ކުރިމަތިވާ ނާކާމިޔާބީތަކާ ބެހޭގޮތުން ވާހަކަދައްކަމުން މަލައިކާ ބުނީ، ކޮންމެ ކަމެއްގައިވެސް %100 މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ނަމަވެސް، ކަމެއް ކާމިޔާބު ނުވެއްޖެނަމަ އެކަމެއްގައި ހިފަހައްޓައިގެން ނުހުރެ، ކުރިއަށް ދިއުމަކީ އެންމެ މުހިންމު ސިފަ ކަމަށް އޭނާ ބުންޏެވެ. "ކާމިޔާބު ނުވާނެކަން އެނގޭ ކަމެއްގައި ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތް،" މަލައިކާ އިތުރަށް ބުންޏެވެ.
އެކްސީޑް އެންޓަޓެއިންމަންޓާއި މައިންޓްރާ ޖަބޮންގްއާ ގުޅިގެން އުފެއްދި "މޭޖޯއީ" ބްރޭންޑަކީ މަލައިކާގެ ނަމާއި އަދި އުފާވެރިކަން ގުޅުވައިގެން ދީފައިވާ ނަމެކެވެ. މި ބްރޭންޑުން ހާއްސަވަނީ ލެބްގައި އުފައްދާ ޑައިމަންޑު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގަހަނާތަކަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި، އަދި އަގު ހެޔޮކޮށް ލަގްޒަރީ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ބްރޭންޑެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ވިޔަފާރީގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މަލައިކާ ދޭ ނަސޭހަތަކީ، ކަމެއް ތަޖުރިބާ ނުކޮށް އެކަމެއްގެ ނަތީޖާ ނޭނގޭނެތީ، ހިތްވަރާއެކު ކުރިއަށް ދިއުމަށެވެ. ނަމަވެސް، ކަމެއް ފެށުމުގެ ކުރިން ރަނގަޅަށް ދިރާސާކުރުމަށާއި، އިންވެސްޓަރުން ހޯދުމަށް ސަމާލުކަން ދިނުމަށް އޭނާ އިރުޝާދު ދިނެވެ.
ރެސްޓޯރެންޓު ވިޔަފާރިއަށް އިޝާރާތްކުރަމުން މަލައިކާ ބުނީ އިންޑިއާގެ ކާބޯތަކެތީގެ ސަގާފަތަކީ މުއްސަނދި ސަގާފަތެއްކަމަށާއި، އިންޑިއާގެ ކޮންމެ ސްޓޭޓެއްގައިވެސް ތަފާތު ރަހަތަކެއް ހުރުމަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް މަލައިކާ ވަނީ ބުނެފައެވެ. މަލައިކާގެ އިތުރުން ބޮލީވުޑްގެ އެހެން ފަންނާނުން ކަމަށްވާ ޝިލްޕާ ޝެޓީއާއި ކަރަން ޖޯހަރް ފަދަ ތަރިންވެސް އަންނަނީ ރެސްޓޯރެންޓް ވިޔަފާރީގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު