ދިވެހި ފިލްމީ އުދަރެހުގައި އަބަދުވެސް ރަސްކަންކުރާ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)، އޭނާގެ އާ ފިލްމު "މަޖުނޫން" އިއުލާންކޮށް، ސަޕޯޓަރުންގެ ހިތްތަކަށް އަނެއްކާވެސް އުފާވެރިކަން ގެނެސްދީފިއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖްނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވުނު ލޯބީގެ ވާހަކައެކެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މި ފިލްމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ފިލްމުގެ ލަވަތަކުގެ ރެކޯޑިންގް އާއި އުފެއްދުމުގެ މަސައްކަތްތައް ވެސް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. ޑައިރެކްޓަރު ނަހުލާ ހާމަކުރި ގޮތުގައި މި ފިލްމުގައި މުހިންމު ރޯލުތަކަކުން މިދިޔަ އަހަރު ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވެ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހުނަރުވެރި ދެ ތަރިން ކަމަށްވާ ލާލި އާއި އެވްލީ ފެނިގެން ދާނެއެވެ.
ދިގު މުއްދަތަކަށް ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމަށްފަހު، ނަހުލާ އަލުން ޑައިރެކްޝަނަށް އެނބުރި އައީ މިދިޔަ އަހަރު ރިލީޒްކުރި "ސޮރީ" އިންނެވެ. އޮލިމްޕަހުގައި ރެކޯޑު ކާމިޔާބީތަކެއް ހޯދި "ސޮރީ" އަކީ ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި ތައިލެންޑުގައިވެސް ދައްކައި، ބޮޑު ތަރުހީބެއް ހޯދި ފިލްމެކެވެ.
ނަހުލާގެ ބެނާގެ ދަށުން ގެނެސްދީފައިވާ "ބޮސް" އަކީވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ރިޝްމީއެވެ.
މިހާރު ނަހުލާގެ ބެނާގެ ދަށުން ގެނެސްދޭން ތައްޔާރުވަމުން މިދާ "މަޖުނޫން" އަކީ ނަހުލާ ސީދާ ޑައިރެކްޓުކުރާ ފިލްމެއް ކަމެއް، ނޫނީ އެހެން މީހަކު ޑައިރެކްޓުކުރާ ފިލްމެއް ކަމެއް އަދި ހާމަކޮށްފައެެއް ނުވެއެވެ.
"މަޖުނޫން" އަކީ ވެސް "ސޮރީ" ފަދައިން ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ، އަސަރުގަދަ އަދި ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. ފިލްމުގެ ޓީމުން ބުނާ ގޮތުގައި، މި ފިލްމުގެ މަސައްކަތުގައި ބެލުންތެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ އެމީހުންގެ އެންމެ ބޮޑު ހިތްވަރެވެ.
ލޯބީގެ އާ ތަޖުރިބާއަކަށް ތައްޔާރުވެލާށެވެ. "މަޖުނޫން" އަންނަނީ ތިފަރާތްތަކާ ބައްދަލުކުރުމަށެވެ!

ކިޔުންތެރިންގެ ހިޔާލު