ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މަރުކަޒީ ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ލާމަރުކަޒީ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ހިއްސާަކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ކުރިއަށް ގެންދިޔަ ސާރވޭއަކުން ވެސް މިކަން ވަނީ ސާފުވެފައެވެ.
އަލީ ނިޔާޒް ވިދާޅުވީ، ރައީސްގެ އަމިއްލަ އިސްނެގުމަށް އެމް.އެން.ޔޫ އިން ހެދި ސާރވޭގައި ރާއްޖޭގެ ރައްޔިތުން އެދެނީ ސަރުކާރަށް ބަރޯސާނުވެ ހިންގޭނެ ލާމަރުކަޒީ ނިޒާމަކަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން އަނެއްކާވެސް އެ ބަސް އިއްވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންތިޚާބުވި ރައްޔިތުންގެ ވެރިންނަށް އޭނާ ވަނީ މަރުޙަބާ ދަންނަވާފައެވެ.
އެމް.އެން.ޔޫގެ ސާރވޭގެ ހޯދުންތަކުން ދައްކާ ގޮތުގައި ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ރައްޔިތުންނަށް ޚިދުމަތް ދިނުމެވެ. ކައުންސިލަކީ އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ވަކި ޤާނޫނީ ޝަޚްޞިއްޔަތެއްކަން އޭގައި ފާހަގަކޮށްފައި ވެއެވެ. ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރޭ
ގައި، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ އިތުރުން، އަމިއްލައަށް ދަރަނިވެސް ވެވޭނެ މަގު ފަހިވެފައިވާ ކަމަށް އެ ދިރާސާގައި ވެއެވެ.
އިއްޔެ ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި ސަރުކާރަށް ވަނީ ގިނަ ގޮނޑިތަކެއް ގެއްލި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން މި ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން ހާމަވަމުން ދާކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު