އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިއްޔެ ބޭއްވި ވާދަވެރި ތިން އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އާންމު ރައްޔިތުންގެ އިތުބާރު ސަރުކާރަށް ކުޑަވަމުންދާކަމަށާއި، ނުފޫޒާއި ފައިސާއަށްވުރެ ރައްޔިތުންގެ ނިންމުން މާ ވަރުގަދަކަން ސާބިތުވެއްޖެ ކަމަށް އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކުގެ ނަތީޖާއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، ދުވަހުން ދުވަހަށް އާންމުންގެ އިތުބާރު ދަށްވަމުންދާއިރު، އެކި ލޭބަލްތަކުގެ ދަށުން އާންމުންގެ ފައިސާ ޚަރަދުކުރުން އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް، ރައްޔިތުން މިކަންކަން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވައި، ގިނަ ބަޔަކު ފައިސާކޮޅަކަށް އެމީހުންގެ ވިސްނުން ބަދަލުނުކުރާކަން މި ނަތީޖާތަކުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ފައިދާއަށްޓަކައި ސަރުކާރުން ލިބުނު ފަޅުތަކާއި ގިރިތަކުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވަން މަސައްކަތްކުރާ މަދު ވިޔަފާރިވެރިންތަކެއް އެބައުޅެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، އެފަދަ "ދަހިވެތި" ފަރާތްތައް ދުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ހޮއްވަވާފައިވާ މަންދޫބުންގެ ހައްގުތައް އަނބުރާ ލިބި، މިނިވަންކަމާއެކު އިންސާފު ގާއިމުކޮށްދެއްވާ،" ފިރާގް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަކީ ހުރިހާ ދިވެހިންގެ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ގޮވާލައްވަމުން، ރައްޔިތުންގެ މުދާތައް ނުފޫޒުން ހޯދާ ފަރާތްތައް އެކަހެރިކޮށްދިނުމަށްވެސް އޭނާ ވަނީ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު