ދެމަފިރިން އެކުގައި އެއް އެނދެއްގައި ނިދުމަކީ އާންމުކޮށް އަޅުގަނޑުމެންގެ މުޖުތަމައުގައި ލޯތްބާއި ގާތްކަމުގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް "ސްލީޕް ޑިވޯސް" ނުވަތަ ދެމަފިރިން ވަކިން ނިދުމުގެ އާދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވަކިން ނިދުމަކީ ކައިވެނީގެ ގުޅުން ހީނަރުވެ، ދެމީހުން ދުރުވާން ފެށުމުގެ ނިޝާނެކެވެ. އެހެންނަމަވެސް، މާހިރުންގެ ނަޒަރުގައި މީގެ ހަގީގަތް މިއާ މުޅިން ތަފާތެވެ.
ދެމަފިރިން ވަކިން ނިދަން ނިންމަނީ ގިނަ ފަހަރަށް ލޯބި ނެތިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އޭގެ ފަހަތުގައި ވަނީ ސިއްހީ އަދި ދިރިއުޅުމުގެ އާދަކާދަތަކާ ގުޅުންހުރި ސަބަބުތަކެކެވެ. މީގެ ތެރޭގައި ބައިވެރިޔާ މާ ބާރަށް ގުގުރިދެމުމުގެ ސަބަބުން އަނެއް މީހާގެ ނިދި ހަރާބުވެ، ދުވަހުގެ މަސައްކަތަށް އޭގެ ނޭދެވޭ އަސަރު ކުރުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް މީހުން ނިދީގައި މާ ބޮޑަށް ތަޅުވައި، ރެޖި ނުވަތަ ކަވަރު ދަމައި ހެދުމާއި، ދެމީހުންގެ މަސައްކަތުގެ ޝެޑިއުލް ތަފާތުވުމުގެ ސަބަބުން އެކަކު އަނެކަކަށް އުނދަގޫވުން ހިމެނެއެވެ. އަދި ކޮޓަރީގެ ފިނިހޫނުމިނާއި އަލިކަން ބަހައްޓަން ބޭނުންވާ މިންވަރު ދެމީހުންގެ މެދުގައި ތަފާތުވުމަކީވެސް ވަކިން ނިދަން މެދުވެރިވާ މުހިންމު ސަބަބެކެވެ.
މާހިރުން ބުނާ ގޮތުގައި ވަކިން ނިދުމަކީ ކޮންމެހެން ކައިވެނި ރޫޅެން އުޅޭކަމުގެ ނިޝާނެއް ނޫނެވެ. ހަގީގަތުގައި، ރަނގަޅަށް ނިދި ނުލިބުމަކީ މީހާގެ މޫޑު ގޯސްވެ، ފަސޭހައިން ރުޅިއައުމާއި، ބައިވެރިޔާއާ ދެމެދު މައްސަލަތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. ދެމީހުންނަށްވެސް ހަމަ ނިދި ލިބޭނަމަ، ދުވާލު ވަގުތު އެކަކު އަނެކަކަށް ދޭ ސަމާލުކަން އިތުރުވެ، ގުޅުން ކުރިއަށްވުރެ ބަދަހިވެއެވެ. ނިދުމުގެ ކުރިން އެކުގައި ވަގުތު ހޭދަކޮށް، ވާހަކަދައްކައި ހެދުމަށްފަހު، އަރާމު ނިއްޖަކަށްޓަކައި ވަކި އެނދަކަށް ނުވަތަ ކޮޓަރިއަކަށް ދިއުމަކީ ދުޅަހެޔޮ ގުޅުމެއްގެ ފެށުމަކަށް ވެދާނެއެވެ. "ސްލީޕް ޑިވޯސް" އަކީ ބައިވެރިޔާއާ ވަކިވުމެއް ނޫނެވެ. އެއީ ހަމައެކަނި ފެންވަރު ރަނގަޅު ނިއްޖެއް ހޯދުމަށް ކުރެވޭ ކަމެކެވެ.
ވަކިން ނިދަން ނިންމި ކަމުގައިވިޔަސް، ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތްކަން ދެމެހެއްޓުމަށް ބައެއް ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އެގޮތުން ނިދުމުގެ ކުރިން އެކުގައި ފިލްމެއް ބަލާލުން ނުވަތަ ދުވަހުގެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކާލުމަށް ވަގުތު ހުސްކުރުމާއި، ހެނދުނު ހޭލައިގެން އެކުގައި ސައިބޮއެ ދުވަސް ފެށުން ހިމެނެއެވެ. އެންމެ މުހިންމު ކަމަކީ ވަކިން ނިދަނީ ހަމައެކަނި އަރާމު ނިއްޖަކަށްޓަކައިކަން ދެމީހުންނަށްވެސް ސާފުވެފައި އޮތުމެވެ.
ދެމަފިރިއެއްގެ ގުޅުން ބިނާވެފައިވަނީ އެކުގައި ނިދާ އެނދުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެ ގުޅުން ބިނާވަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ދެމީހުންގެ ދެމެދުގައި އޮންނަ މުއާސަލާތުގެ މައްޗަށެވެ. އެހެންކަމުން، ދެމީހުންގެ ސިއްހަތާއި ހަމަޖެހުމަށްޓަކައި ވަކިން ނިދުމަކީ ކައިވެނީގެ ގުޅުން ބަދަހިކޮށްދޭނެ ކަމެއް ކަމުގައި ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު