އެމްޑީޕީގެ ޗެއާޕާސަން އަބްދުުލްޣަފޫރު މޫސާ (ގަޕޯ)،
އެމްޑީޕީގެ ޗެއާޕާސަން އަބްދުުލްޣަފޫރު މޫސާ (ގަޕޯ)،
އެމްޑީޕީގެ ޗެއާޕާސަން އަބްދުުލްޣަފޫރު މޫސާ (ގަޕޯ)، އެ ޕާޓީގެ ކެމްޕޭން ނިންމުމުގެ ބޮޑު ރެލީގައި މުހިންމު މެސެޖުތަކެއް ރައްޔިތުންނަށް ދެއްވައިފިއެވެ.

މާލޭގައި ބޭއްވި މި ހަރަކާތުގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ، ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އެމްޑީޕީގެ "ތިލަފަތަށް" ވޯޓު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އޭނާގެ ވާހަކަފުޅުގައި، މާދަމާ އޮންނަ އިންތިޚާބުގައި ހެނދުނާ ތެދުވެ ވަޑައިގެން ހުރިހާ ރައްޔިތުންވެސް ވޯޓުލާން ނުކުތުމަށް ބާރުއެޅުއްވިއެވެ. އަދި މި އިންތިޚާބަކީ ބޭއިންސާފާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ކާމިޔާބީ ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. މި ރެލީ ނިންމަވާލައްވަމުން އޭނާ ވަނީ ކެމްޕޭނުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށާއި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު